ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އިސްލާމްދީނުގެ ތަރަހައިން ބޭރުވެ ވަޑައިގެން ލާދީނީ ފިކުރުތަކެއް ދިވެހި ރާއްޖޭގެ ލޮބުވެތި މުސްލިމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޢަދާލަތު ޕާޓީއިން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނާއި މެދު ޓީވީ. އެމް. ގެ އިސްލާމީ ދިރިއުޅުން ޕްރޮގުރާމުގައި، މިކަމާއި ބެހޭގޮތުން މަސައްކަތްކުރުމުގެ ސަބަބުން ޢަދާލަތު ޕާޓީއިން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިމައްސަލާގައި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށް، 26 މާރޗް 2010 އެއްގައި ޢަދާލަތު ޕާޓީގެ ރަސްމީވެބްސައިޓްގައި ވަނީ ބަޔާން އާންމުކޮށްފައެވެ. މިބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދެއްވި ރޭޑިއޯޚިތާބުގައި ލާދީނީ އޮއިވަރު އިތުރަށްފެތުރުމަށް ހިތްވަރުދެއްވައި ދެއްކެވި ވާހަކަފުޅު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޢަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނަކީ ކަމުދާ ނޫސްބަޔާނެއްނޫންކަމަށްބުނެ ޓީވީއެމުން ގެންސްދިން އިސްލާމީ ދިރިއުޅުން ޕްރޮގްރާމުގައި ރައްދުދޭން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މިޕުރޮގްރާމުގައި، އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙުމާނާއި އައްޝައިޚް ފައްޔާޒް ޢަލިމަނިކު ދެއްކެވި ވާހަކަފުޅުން ދޭހަވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން ޢަދާލަތު ޕާޓީން އަމިއްލައަށް ވަކިގޮތަކަށް ވިސްނައި ޙަޤީޤަތާއި ޚިލާފަށް ނޫސްބަޔާނެއް ނެރުނީ ކަމުގައި ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ.
ޢަދާލަތު ޕާޓީން ކަންކަމާއިދޭތެރޭ ދެކޭގޮތާއި ޚިލާފަށް ޚިޔާލުފާޅުކުރުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ. ނަމަވެސް ޙައްޤުގެ މަގުން ކައްސާލާ ފާޅުކުރާ ޚިޔާލުތަކާއި ދެކޮޅަށްބަސްބުނުމަކީ ދިވެހިންގެ ވިންދުކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ޢަދާލަތު ޕާޓީއިން ފަހަތަށްޖެހޭނެ ކަމެއްނޫންކަމުގައި، ޢަދާލަތު ޕާޓީގެ ބަޔާން ނިންމާލަމުން ހާމަކުރައްވާފައިވެއެވެ.
“އިސްލާމީ ދިރިއުޅުން” ޕްރޮގްރާމަކީ އިސްލާމިކް އެފެޔާޒުން ގެނެސްދޭ އެއްޗެއްނޫންތަ؟ އެހެންވީމާ މިވަނީ ކިހިނެތް؟