ނޭޓޯގެ ހަމަލާގައި ޤައްޒާފީގެ ހަގު ދަރި ސައިފް އަލް އަރަބް ނިޔާވެއްޖެކަމަށް ލީބިޔާގެ ސަރުކާރުން ހާމަކޮށްފިއެވެ.
ލީބިޔާގެ ރަސްމީ ތަރުޖަމާނު މިޚަބަރު ކަށަވަރު ކޮށްދީފައިވާއިރު ތަރުޖަމާ ވިދާޅުވީ 'މިއީ ލީބިޔާގެ ވެރިން މަރާލުމަށް ނޭޓޯއިން ހިންގާ އުދުވާނީ ހަމަލާތަކެއް ކަމަށެވެ. އުމުރުން 23 އަހަރުގެ ސައިފް ނިޔާވެފައިވާއިރު ޤައްޒާފީގެ 3 ކާފަދަރިންވެސް ވަނީ ނިޔާވެފައެވެ. ޚަބަރުތައް ބުނާގޮތުގައި ގައްޒާފީއަށް އެއްވެސް އަނިޔާއެއް ނުލިބޭކަމަށާއި ގައްޒާފީ ހުރީ ގަދަވެ ސަލާމަތުންކަމަށެވެ. ޓްރިޕޮލީގައި މިހަމަލާ ދެވުނުއިރު އެއިމާރާތުން ވަރަށް ބޮޑެތި ގޮވުންތައް ގޮވާފައިވާކަމަށް މީޑިއާތަކުން ހަބަރު ދެއެވެ.
ދާދިފަހުން ލީބިޔާގެ ޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި މަރުވި ސައިފްގެ ބޭބެ ވިދާޅުވެފައިވަނީ "ބޮން ގޮއްވުން 40 ދުވަހަށް ކުރިއަށް ދިޔައަސް ނުވަތަ 40 އަހަރަށް ކުރިއަށް ދިޔަކަމުގައިވިޔަސް އަމާން ދިނުމެއް ނެތް"ކަމަށެވެ. ސައިފް އަލް އަރަބް ޖަރުނަމުގައި ކިޔަވަން ހުރެފައި ލީބިޔާއަށް އައިސްފައިވަނި ވަރަށް ފަހުންނެވެ.
ފޮޓޯގައި: މަރުވި ސައިފް އަލް އަރަބްގެ ބޭބެ.

















އިންނާލިއﷲ ވައިންނާ އިލައިހި ރާޖިއޫން. އެމެރިކާނުންގެ ބަހަށް ހެއްލުމަކީ ގޯހެއް ހެން ހީވަނީ
amarica adhi nato mulimun dheke ana rulhi a ge sababun yageen