ދުނިޔެ

އެކަނި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް “ނުސުކް ޢުމްރާ” ތަޢާރަފްކޮށްފި

އެކަނި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް "ނުސުކް ޢުމްރާ" ތަޢާރަފްކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓްރީން ބުދަ ދުވަހު ވަނީ 'ނުސުކް ޢުމްރާ' ޚިދުމަތް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތަކީ ބޭރު ޤައުމުތަކުގެ ޢުމްރާ ޙާޖީންނަށް އެއްވެސް މެދުވެރިއެއްގެ އެހީތެރިކަމެއް ނެތި، ސީދާ ޢުމްރާ ވިސާއަށް އެދި، އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ.

https://umrah.nusuk.sa/ އިން ލިބެން ހުންނަ މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޙާޖީންގެ ތަޖުރިބާ މުއްސަނދިކުރުމެވެ. ނުސުކް ޢުމްރާއަކީ ކަމާބެހޭ އޭޖެންޓުން މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތަކާއެކު އިތުރު އޮޕްޝަނެއްގެ ގޮތުގައި ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް ބޭނުންވާ ފަރާތްތަކަށް އެކުގައި ހިމެނޭ ޕެކޭޖުތަކުން ނުވަތަ ވަކިވަކި ޚިދުމަތްތައް ކަމުގައިވާ ވިސާ، ހުރުމާއި، ދަތުރުފަތުރު އަދި ޓުއަރތައް އަމިއްލައަށް ރާވައި ފަރުމާކުރެވޭނެއެވެ.

މި ޕްލެޓްފޯމްގައި ހަތް ބަހަކުން ޚިދުމަތް ލިބޭ، ބޭނުންކުރަން ފަސޭހަ އިންޓަރފޭސްއެއް ހިމެނެއެވެ. އަދި ސަރުކާރުގެ ސިސްޓަމްތަކާ ގުޅިފައިވާ، އެކި ގޮތްގޮތުން ފައިސާ ދެއްކޭނެ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދެއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމަކީ ސަޢޫދީ ވިޝަން 2030 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އިތުރު ޙާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމާއެކު، ފެންވަރު ރަނގަޅު، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ޙައްޖުގެ ދަތުރު އިތުރަށް ފުރިހަމަކުރެވޭނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ