އަރަބިދުނިޔެދުނިޔެ

އަފްގާންގައި އެމެރިކާގެ 6 ސިފައިން މަރާލައިފި.

ލިޔުނީ: ހުސެއިން ސާލިމް

އަފްގާނިސްތާނުގެ އިރުމަތީ އަވަށެއްކަމުގައިވާ ކުނާރު ގައި އެމެރިކާގެ 6 ސިފއިން މަރާލައިފިއެވެ. ނޭޓޯއިން ހާމަކުރާގޮތުގައި، ޠާލިބާނުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި، އެމެރިކާގެ 6 ސިފައިން މަރުވުމުގެ އިތުރުން، އިތުރު 3 ސިފައިންވަނީ ޒަހަމްވެފައެވެ.

މިއަދުގެ ހަމަލާތަކުގައި މަރުވި 6 ސިފައިންނާއެކު، މިއަހަރުގެ މިހާތަނަށް އަފްގާނިސްތާނުގައި މަރުވި ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ އަދަދު ވަނީ 110 އަށް އަރާފައެވެ.

ޠާލިބާނުންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ހާމަކުރާ ގޮތުގައި، ކުނާރު އަވަށުގައި ޠާލިބާނުން ދިން އެހެން ހަމަލާއެއްގައި ވަނީ އިތުރު 4 ސިފައިން މަރާލައިފައެވެ. އަދި އޭގެ އިތުރުން ނޭޓޯގެ ޓޭންކަރެއްވެސް ސުންނާ ފަތި ކޮށްލާފައިވާކަމަށް އޭނާ ހާމަކުރަށްވައެވެ.

އެމެރިކާގެ 150000 ސިފައިން އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދާއިރުވެސް، ފަހަކަށް އައިސް ޠާލިބާނުންގެ ބާރު އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ދަނީ ގަދަކުރަމުންނެވެ. އަދި މިހާތަނަށް އެމެރިކާ ކުރާ އެންމެ ދިގު ހަނގުރާމައިގައި، ނިމިގެން ދިޔަ، 2010 ވަނަ އަހަރު ވެގެން ގޮސްފައިވަނީ އެ ޤައުމަށް އެންމެ ގެއްލުންބޮޑު އަހަރަށެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގައި، އެމެރިކާގެ 499 ސިފައިންވަނީ މަރާލެވިފައެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ސާބަހޭ ސާލިމޫ!! ތިޔަފަދަ ހަބަރުތައް ގިނަ ގިނަ އިން ލިޔަމުން ގެންދަވާ! މިއަހަރަކީވެސް އެމެރިކާއަށް ގެއްލުން ބޮޑު އަހަރެއް ކަމުގައި ލައްވާ، އިސްލާމީ ބިންތައް ކާފަރުންގެ މުސީބާތުން ސަލާމަތްކުރައްވާށި! އާމީން

  2. ginaginain maraathi amarica army saaabas thaliban

Your email address will not be published. Required fields are marked *