ޚިޔާލު ފާޅު ކުރުމުގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމް ދީނުގައި ދެއްވާފައިވާ ޙައްޤުތަކެއް ނޫންކަމަށް ޝައިޚު ޝަފީޢު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝައިޚު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި "އިސްލާމް ދީނުގައި ނެތް 'އިންސާނީ ޙައްޤު' ތަކަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ ނަމުގައި މާތް ﷲ އާއި އިސްލާމްދީނާއި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމް) އަށް ފުރައްސާރަކުރުމުގެ 'ޙައްޤު' ފަދަ 'ޙައްޤު'ތަކެވެ. އަދި އެއަށް އިސްލާމްދީނުގައި 'ޙައްޤޭ' ނުކިޔޭނެ ކަމަށާއި އެއަށް ކިޔަނީ ޖަރީމާކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޝައިޚު މިހެން ޓްވީޓު ކުރައްވާފައިވަނީ ފުލުހުންގެ ޤާނޫނު އިޞްލާޙު ކުރެވުމަށް ހުށައެޅުމާއި ގުޅިގެން، އިސްލާމް ދީނުގެ ކުރިއަށް އިންސާނީ ޙައްޤުތަކުގެ ވާހަކަ ގެނެވުމުން ސޯޝަލް މީޑީޔާގައި އެތައް ބަޔަކު މިކަމަށް ފާޑުކިޔާފައިވަނިކޮށެވެ. މިގޮތުން ޝައިޚު ޢަބްދުﷲ މިބިލް ޞިފަ ކުރައްވާފައިވަނީ އެއީ ރާއްޖޭގެ ޤައުމިއްޔަތު ލާދީނިއްޔަތަށް އަނބުރާލުމަށް ކަޅިކުރެވޭ މަންތަރިއެއްކަމުގައެވެ.
ހަމަ މިފަދައިން ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖްލިހުންވަނީ، އިސްލާމް ދީނަށާއި، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ބަދު ބަސް ނިސްބަތް ކުރެވިފައިވާ އެމްޑީއެން ރިޕޯޓާއި ވިދިގެން، އަދިވެސް އެރިޕޯޓު ނެރުމުގައި އިސްކޮށް އުޅޭ އެކަކުވެސް ހައްޔަރު ނުކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ބަޔާނެއް ނެރުއްވާފައެވެ.
ޚިޔާލު