ﷲ ޙަރާމްކުރެއްވި ކަންކަމުން އިންސާނާ ޙިމާޔަތްކޮށް ރައްކާތެރިކޮށްދޭ އެއްޗަކީ ލަދުވެތިކަންކަމަށް މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާގެ އަމީން ޢާއްމު ފަޟީލަތުއްޝައިޚު އައްދުކްތޫރު ނަޡީތު ޢިޔާދު ވިދާޅުވެއްޖެއެވެ.
ދުކްތޫރު ނަޡީރު މިހެން ވިދާޅުވެފައިވަނީ މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާގެ ފަރާތުން "ބިއަޚްލާޤިނާ ނަރްތަޤީ" (އަހަރެމެން ކުރި އަރާނީ އަހަރެމެންގެ އަޚްލާޤުންނޭ) މިނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސް ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ލަދުވެތިކަން" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ދުކްތޫރުގެ ވިދާޅުވި ގޮތުގައި ލަދުވެތިކަމަކީ އިންސާނާ ﷲ ޙަރާމް ކުރެއްވި ކަންކަމުން ސަލާމަތްކޮށްދޭ ކިއްލާއެކެވެ. އަދި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ލަދުވެތިކަމަކީ ހެޔޮކަމުގެ ދޮރުކޮޅެއްގަޮތަށް ޞިފަކުރައްވާފައިވެއެވެ. އަދި އެއީ ހުރިހާ ޙާލެއްގަިވެއް އިންސާނާ، އެޞިފައަކުން ޒީނަތްތެރިވާންޖެހޭ ޞިފައެއްކަމަށާއި، އިންސާނާ ނުބައިކަންކަމާއި ދުރުކުރުމުގައި ލަދުވެތިކަމަކީ (ގެއެއްގެ ވަށައިގެން ޖެހިފައިވާ) ފެންސެއްގެ މިސާލުގެ އެއްޗެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދުކްތޫރު ނަޡީރު ޢިޔާދު އިތުރަށް ވިދާޅުވި ގޮތުގައި އަޅާ، އޭނާގެ ނަފްސާއިމެދުވެސް، ނުވަތަ އެހެނިހެން މީހުންނާއިމެދުވެސް، ނުވަތަ ﷲ ޢައްޒަވަޖައްލާއި މެދުވެސް އަރައިގަންނަ ކޮންމެ ފާފައެއްގެ ފަހަތުގައިވަނީ ލަދުވެތިކަން ނެތުން ކަމަށާއި، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި ފަދައިން ލަދުވެތިކަމަކީ އީމާންކަމުގެ ބައެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ބިއަޚްލާޤިނާ ނަރްތަޤީ މިޕޮރްގްރާމް މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާ ފޭސްބުކްގެ އިތުރުން، ޔޫޓިއުބް ޗެނަލުގައި ޢާއްމު ކުރެވެމުންދާ ޕޮރްގްރާމެކެވެ.

















ޚިޔާލު