އަރަބިދުނިޔެ

ސަޢުދީޢަރަބިއްޔާގައި ސަރުކާރާ ދެކޮޅަށް އެއްވަމުންދިޔަ ފަރާތްތަށް ހައްޔަރުކޮށް މުޒާހަރާތައް ނިމުމަކަށް

ދިއިސްލާމް ޑެއިލީ

ޓެރެރިޒަމާ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވި ޝަރީޢަތެއް ކުރުމެއްނެތި ގިނަ  އަހަރުވފައިވެ ވީނުވީ ގޮތެއްނޭނެގިފައިވާ އެމީހުންގެ ގާތްތިމާގެ މީހުން ދޫކޮށްލުމަށް އެދި ސަޢުދީގައި ކުރިޔަށް ދިޔަ މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު މިއަދު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މީ މިމަހު ސަޢުދީގައި މިބޮޑުމިނުގައި ބޭއްވުނު ތިންވަނަ އެއްވުމެވެ. އެއްވުންތަކުގައި ޖުމްލަގޮތެއްގައި ބައިވަވުން އަންނަނީ ޤައުމުގެ ބައިމަދު އާބާދީގެ ދހަވަރަށް އިންސައްތަ ހިއްސާކުރާ ޝިޔަޢީންނެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައިވަނީ ރިޔާޒުގައި ހުންނަ ދާޚިލީ މުޒާރާގެ އޮފީހާދިމާއަށް ދިއުމަށެވެ. ނަމަވެސް ފުލުހުންވަނީ އެމީހުންގެ ވެހިކަތްތަކުން ދާޚިލީ ވުޒާރާއަށް ދެވެން އޮތް މަގުތައްބަންދުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއެއް އޭޕީއަށް ކިޔާދީފައިވަނީ ފުލުހުންގެ ތިންވެހިކަލަކަށް މުޒާހަރާގެ 15 ބައިވެރިން ހައްޔަރަކޮށް އެރުވިތަން އޭނައަށް ފެނިފައިވާ ކަމަށެވެ.

ސަޢުދީ ދާޚިލީ ވުޒާރާގެ ތަރުޖަމާނު މަންސޫރް އައްތުރުކީ ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންދިޔަކަން ކަށަވަރު ކޮށްނުދެއްވައެވެ. އޭނާ ވިދާޅުވެފައިވަނީ މިނިސްޓްރީއަށް ތަފާތު ބޭނުންތަކު އެކި ފެންވަރުގެ ވެރިންނާ ބައްދަލުކުރަން އެދި އެކި މީހުން އަންނަކަމެށެވެ.

ސަޢުދީގައި މުޒާހަރާތައް ފެށިތާ ދޮޅުމަހެއްހާ ދުވަސްވެފައިވާއިރު މިދިޔަ ހުކުރު ދުވަހު ރަސްގެފާނު ޢަބްދުﷲ ވަނީ 67  ބިލިއަން ޑޮލަރުގެ އަގުހުރި، ވަޒީފާޔާ ޢުމްރާނީ ވިޔަފާރީގެ މުޝްރޫއެއް ގައުމުގެ އާބާދީއަށް ތަނަވަސް ކޮށްދެއްވާނެކަމަށް އިޢުލާނުކުރައްވާފައެވެ.

ނަމަވެސް ސިޔާސީ ގޮތުން ރައްޔިތުންނަށް ކުޑަތަންފުކެއްވެސް ދޫކުރައްވާފައިނުވެއެވެ.

ސަޢުދީގައި މުޒަހަރާކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. ==ނޫސް އެޖެންސީތައް

ގުޅުންހުރި

1 ޚިޔާލު

  1. ލިޔުމުން ހީވާކަހަލަ ސަޢުދީ ގެ ސަރަކާރުން ރައްޔިތުން ތުބެނީ ފިއްތާ ބިރުދައްކާފަހެއް. މި ލިއުމަކީ އިސްލާމީ މިންގަނޑާ ފުށު އަރާ ފަދަ ދީނީ ރޫހާ ޚިލާފަތް ލިޔެފައިވާ ލިއުމެއްކަމަށް އަޅުގަނޑަށް ޤަބޫލިކުރެވެނީ. މުޒާހަރާ ކުރާކަން ނުޖެހޭ. ސައުދީ ގައި ވަނީ ހަމަޖެހުމާއި އަމާންކަށް. އެތާންގެ ރައްޔިތުން ތިބީ ވެރިމީހާއި މެދު ރުހިގެން. އެއީ ﷲ ޝަރިއްޔަތް ތަންފީޒޔކުރާ ބިމެއް. އެތަނުގައި ވަނީ ޝިރުކު ނައްތާލާފަ. ދެން ޖެހޭތަ މުޒާހަރާކުރައް. އެއި މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެ ފާނު ކާފަރުކޮށް ޢުމަރުގެ ފާނަކީ ޤާރޫނުކަމަށް ބުނާ ޝިޔައީ އުފައްދާ ހަމަނުޖެހުން. އަސްލު މިފަދަ ކަންކަން ނުބަލާ ތިހެއް އާރޓިކަލު ނުލިއުމަށް އިލްތިމާސްކުރައް.

Your email address will not be published. Required fields are marked *