ސައުދީ ޢަރަބިއްޔާގައި ކޮވިޑް 19 ފެތުރެމުންދާތީ އެޤައުމުގެ ރަސްގެފާނު ކާފިއު އިޢުލާންކުރައްވައިފިއެވެ.
ސައުދި ޢަރަބިއްޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި ކާފިއު އިޢުލާންކޮށްފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސައުދީ ރަސްގެފާނު ސަލްމާން ޢަބްދުލްއަޒީޒް ނެރުއްވި ޝާހީ އަމުރުފުޅަކުން ކާފިއު އިއުލާންކޮށްފައިވަނީ، އިރުއޮއްސި ހަތަކުން ހެނދުނު 6 އެއް ޖަހާއިރަށެވެ.
މި ޢަމުރު ނެރެފައިމިވަނީ، އެޤައުމުން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 511 އަށް އަރާފައިވާކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަދި މިހާތަނަށް މިވައިރަސް ޖެހިގެން އެޤައުމުން މީހަކު މަރުވެފައިނުވިނަމަވެސް ސައުދި އަރަބިއްޔާއަކީ، ގަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް މިވައިރަސް ފެތުރެމުންދާ ޤައުމެވެ.
ގަލްފް ސަރަޙައްދުން މިހާތަނަށް ކޮވިޑް 19 ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 1300 އަށް އަރާފައެވެ.

















ޚިޔާލު