އަރަބިދުނިޔެދުނިޔެ

"އިޒްރޭލުން ފަލަސްތީނުގެ ސްކޫލްތައް ބިމާހަމަކުރާ ކުރުމަކީ ހަނގުރާމައިގެ ކުށެއް"

އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސްކޫލްތައް ތަޅާ ސުންނާފަތިކޮށް ބިމާހަމަކުރަމުންދާ ދިއުމަކީ ހަނގުރާމައިގެ ކުށެއްކަމުގައި ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

"އިޒްރޭލުން ގެންދަނީ ތަކުރާރުކޮށް ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުން ބިނާކޮށްފައިވާ ސްކޫލްތައް ތަޅާ ބިމާ ހަމަކުރަމުން. އަދި ފަލަސްތީނު ރައްޔިތުންނަށް ސްކޫލް އެޅުމަށް މަނާކޮށްފައި އޮންނަ އޮތުމުގެ ސަބަބުން އެތައްހާސް ކުދިންނެއްވަނީ ތައުލީމް ހާޞިލްކުުރުމުން މަހްރޫމްވެފައި" އެޖަމިއްޔާއިން މިއަދު ބުނެފައިވެއެވެ.

އެޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ 44 ސްކޫލެއް ޤަވައިދާ ޚިލާފަށް އީމާރާތް ކޮށްފައިވާ ކަމަށްބުނެ އިޒްރޭލުން އެތަންތަން ބިމާ ހަމަކޮށްލުމުގެ ބިރު އެބައޮތް ކަމަށެވެ. މީގެ އިތުރުން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް 28 ސްކޫލެއް އިޒްރޭލުން ބިމާ ހަކޮށްލާފައިވާ ކަމަށް އެޖަމާއަތުން ބުނެއެވެ. އަދި މިކަމަކީ ކުޑަކުދިންނަށް ލިބިދޭ ތައުލީމް ހާޞިލްކުރުމުގެ ހައްޤަށް އަރައިގަތުން ކަމުގައި އެޖަމިއްޔާއިން ބުނެއެވެ.

އ.ދ ގެ ހިސާބުތައް ދައްކާގޮތުން އިޒްރޭލުގެ މިހާރުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 31 މާރޗް 2009 ގައި ބޮޑުވަޒީރުކަމާއި ހަވާލުވުމަށްފަހު ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއިން، ފަލަސްތީނު ރައްޔިތުންގެ 5351 އިމާރާތެއްވަނީ ސުންނާފަތި ކޮށްލާފައެވެ. ހަމައެކަނި މިކަމުގެ ސަބަބުންވެސް 7988 ފަލަސްތީނުގެ ރައްޔިތުން މަގުމަތިވެފައިވާއިރު މީގެ ތެރޭގައި 4100 ކުޑަކުދިން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *