ޣައްޒާގެ ހެލްތު މިނިސްޓްރީ އާ ހަވާލާދީ ވޯލްޑްބުލެޓިންގައި ހާމަކޮށްފައިވާގޮތުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މެދުއިރުމައްޗަށް ބޯކޮށް ސުނޯފޭބުމުގެ ސަބަބުން މިހާތަނަށް ހަތަަރު މީހަކު މަރުވެފައިވެއެވެ. އޭގެތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ.
ގަދަ ފިނީގެ އަސަރު ކުރަމުންދާއިރު އެފަދަ ފަރާތްތަކުން އަދިވެސް ދިރިއުޅެމުން ގެންދަނީ 51 ދުވަސް ވަންދެން އިސްރާއިލުން ހިންގި ލާ އިންސާނީ ޖަރީމާ ތަކުގެ ސަބަބުން ގެދޮރު ތައް ފުނޑުފުނޑުވެފައި ވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ޓެންޓް ފަދަ ތަކެތީގެ ނިވަލުގައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މޫސުންގޯސް ވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގައި ފަލަސްޠީނުގެ ސިވިލް ޑިފެންސްގެ ފަރާތުން ވިދާޅުވެފައިވެ.
މިދުވަސްވަރު މެދުއިރުމަތީގެ ގިނަ ޤައުމުތަކަށް ބޯކޮށް ސްނޯ ފައިބަމުންދާއިރު ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެސް އެކަމުގެ އަސަރު ކުރަމުންދާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

















ޚިޔާލު