އަރަބިދުނިޔެދުނިޔެ

12 ދުވަހުގެ ތެރޭގައި 70 މީހުން އިޒްރޭލުން ހައްޔަރުކޮށްފި.

ލިޔުނީ: ހުސެއިން ސާލިމް

2011 ވަނަ އަހަރު ފެށި، މިއަދާހަމަށް މިވީ 12 ދުވަހުގެ ތެރޭ ފަލަސްޠީނުގެ 70 މީހުން އިޒްރޭލުން ހައްޔަރުކޮށްފައިވާކަމަށް، އިންފޮމޭޝަން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ރިޔާޟް އަލް އަޝްކަރު ހާމަކުރަށްވައިފިއެވެ. އަލް އަޝްކަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އިޒްރޭލުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ޒަކާތް ކޮމިޓީގެ ޑިރެކްޓަރުވެސް ހިމެނެއެވެ.

މިއަހަރު ފާއިތުވި 12 ދުވަސް ތެރޭ،  ފޭރިގަނެފައިވާ ސަރަހައްދުގައި ދިރި އުޅެމުންދާ ޔަހޫދީންނާ ދިމާއަށް ގާއުކުމުގެ ކުށުގައި 13 ކުޑަކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ފަލަސްޠީނުގެ 3 މަސްވެރިއަކުވެސް ވަނީ އިޒްރޭލުގެ މަނަވަރުތަކުން ހައްޔަރުކޮށްފައެވެ. މި 3 މަސްވެރިން ގެންދިޔައީ ކޮންތަނަކަށްކަމެއްވެސް ނޭންގޭކަމަށް އަލް އަޝްކަރީގެ ރިޕޯޓުގައި ހާމަކުރެއްވިއެވެ.

ފަލަސްޠީނުން ހައްޔަރުކޮށްފައިވާ 70 މީހުންގެ އިތުރުން އިޒްރޭލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރިންވެސް އިތުރު 33 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ 1948 ވަނަ އަހަރު ޔަހޫދީން ފޭރިގަނެފައިވާ ބިންތަކަށް ހުއްދަ ނުނަގާ ވަނުމުގެ ކުށުގައެވެ.

ޔަހޫދީން، މުސްލިމުން އެއްވެސް ހަމައެއްނެތި ހައްޔަރުކުރަމުން ދާ ދިޔުން ކުއްވެރިކޮށް، އަދި އެކަން ހުއްޓާލުމަށް އިޒްރޭލަށް ޕްރެޝާ ކޮށްދިނުމަށް ފަލަސްޠީނުގެ މިނިސްޓްރީ އޮފް ޕްރިޒަނާސް އެންޑް ރިލީޒުން ވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލައިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *