އައްޑޫ ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރާއިރު މައިކް ބޭނުން ކޮށްގެން ގުރުއާން ނުކިޔެވޭނެ ގޮތަށް ނިންމައި އިމާމުން ލައްވައި ސޮއި ކުރުވައިފި އެވެ.
މިކަމާ ބެހޭގޮތުން އައްޑޫ ލައިވްގައި މުދިމަކާ ހަވާލާދީ ބުނެފައިވަނީ ކައުންސިލް އިދާރާގެ އިންފްރާ ސްޓަކްޗަ ހިންގެވުމާ ހަވާލުވެ ހުންނެވި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި މުދިމުން ލައްވައި ސޮއި ކުރުވާފައިވާ ކަމަށެވެ.
ކައުންސިލް އިދާރާގެ އެ ލިއުމުގައިވާ ގޮތުން މައިކް ބޭނުން ކުރެވޭނީ ބަންގި ގޮވުމަށާއި ހުޠުބާ ކިއުމަށް އެކަނިއެވެ.
އައްޑޫ ލައިވްގައި އިތުރަށް ބުނެފައިވަނީ ނަމާދު ކުރާއިރު މައިކް ބޭނުން ކޮށްގެން ގުރުއާން ނުކިޔެވޭނެ ގޮތަށް ނިންމާފައިވަނީ އާއްމުންގެ ޝަކުވާ އާއި ހެދިކަމަށް ކައުންސިލް އިދާރާއިން ބުނެފައި ވާކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މިސްކިތްތަކުން ކިޔަވާ އަޑު ނީވެގެން އާއްމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށް ވެސް އައްޑޫ ލައިވް ގައި ބުނެފައިވެއެވެ.

















advertisment
މުދިމުން ތިބުނާ ލާދީނީ އެއްޗެއްގައި ސޮއިކުރުމަކީ އެބޭފުޅުން ކުރެއްވި އެންމެ މޮޔަކަންތަށް. ތިފެންނަނީ ލާދީނީ ރާއްޖެއަށް މިހުންނަށް ބޯޑިންގް ޕާސްދޭ މަންޒަަރު. ދީނުގެ އެއްޗެއް އަޑުނީއްވަންޏާ އެހެން އެއްވެސް އަޑެއް (ޖަގަހަތަކުން) ވިޔަސް އިވިގެނެއް ނުވާނެ. ހިލްމީ އިސްލާމްދީން ދެކެ ހާދަ ބިރެކޭ ގަންނަނީ.
އައްޑޫ ސީޓީ މީހުންނަށް ގުރުއާން ގެ އަޑު އިއްވަން ބޭނުން ނުވެ މުޒާހަރާގެ އަދު އިއްވަން މަޖުބޫރު ކުރުވުމުގާ އިސްލާމް ދީން ދެކެ ނަފްރަތު ކުރާވަރު ހާމަވެ
ޤުރުއާނުގެ އަޑު އަހަން ބޭނުން ނުވާ މީހުން ހެޑްސެޓް އަޅައިގެން ލަވަ ޖަހައިގެން ބިރަކާ ނުލާ ދުރުގަ ތިބޭ. އެއެންގުމާ ޚިލާފުވެގެން ވަޒީފާއިންތާ ވަކި ކުރާނީ. ﷲގެ ރަޙްމަތުން ބޭރެއް ނުކުރެވޭނެ.