އަރަބިދުނިޔެ

މިޞްރުގެ ތަހުރީރީ މައިދާނުގައި ހޮލެންޑުގެ އަންހެން ފަތުރުވެރިއެއް ރޭޕްކޮށްލައިފި

މިޞްރުގެ ތަހުރީރީ މައިދާނުގައި ހޮލެންޑުގެ އަންހެން ފަތުރުވެރިއެއް ރޭޕްކޮށްލައިފިއެވެ.

މިޞްރުގެ އިންތިޚާބީ ރައީސް މުހައްމަދު މުރުސީގެ ވެރިކަށް ވައްޓާލުމުގެ ބަހަނާ ދައްކައިގެން މިޞްރުގެ އެކިކަންކޮޅުތަކުގައި ކުރަމުން އަންނަ މުޒާހަރާތައް ވަނީ 30 ޖޫން 2013 ވީ އާދިއްތަ ދުވަހު ފަށާފައެވެ. މިޞްރުގެ ސެކިއުލަރ ފިކުރުގެ މީހުންނާއި ނަޞާރާ ފައްޅިތަކާއި އަދި ކުރީގެ ވެރިޔާ މުބާރަކުގެ އެން.ޑީ.ޕީ ޕާޓީ އިސްވެ އޮވެގެން ފަށާފައިވާ މިމުޒާހަރާތައް އަންނަނީ ވެރިރަށް ޤާހިރާގެ މަޝްހޫރު "ތަހުރީރީ މައިދާނު"ގައިވެސް ކުރެވެމުންނެވެ.
މިދިޔަ ހޮނިހިރު މިމުޒާހަރާތަކަށް ތައްޔާރުވުމުގެ ގޮތުން "ތަހުރީރީ މައިދާނު"ގައި އޮތް އެއްވުމެއްގައި ވަނީ ހޮންލެންޑުގެ އަންހެން ފަތުރުވެރިއަކު ރޭޕުކޮށްލާފައެވެ. ޢުމުރުން 22 އަހަރުގެ މިފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ އެތަށް ބަޔަކުވެގެން އެތަށް ފަހަރު ކަމަށް އޭނާއަށް ފަރުވާދިން މިޞްރުގެ "ނާޞިރު އިންސްޓިޓިއުން" ހާމާކުރެއެވެ. އަދި އޭނާ ރޭޕުކުރި ތަން ދައްކުވާދޭ ވީޑިއޯ ދަނީ ފޭސްބުކުގައި ދަޢުރުވަމުންނެވެ.

އަނެއްކޮޅުން މިޞްރުގެ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާ ކުރާ ފަރާތަކުންހާމަކުރާ ގޮތުގައި ސަރުކާރާ އިދިކޮޅުފަރާތަކުން ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތަކުގައި ވަނީ ރޭޕުކުރުމުގެ ފަސްވަރަކަށް ޙާދިޘާ ހިނގާފައެވެ.

މިޙާދިޘާއިންވެސް މިކުރެވޭ މުޒާހަރާތަކުގެ ޙަޤީޤަތާއި އެ ރާވާ މީހުންގެ ޙަޤީޤަތް އެނގިގެން ދެއެވެ.

މަޞްދަރު: އިސްލާމް މެމޯ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *