ރާއްޖޭގެ ޚަބަރު

ބޭރުގެ ޢިލްމުވެރިން ދަރުސްދިނުމަށް ރާއްޖެ ގެނެވޭނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެ އާ ޤަވާއިދު ނިމުމުން – އިސްލާމިކް މިނިސްޓާރ

ހަބަރު: ދިއިސްލާމް

'ބޭރުގެ ޢިލްމުވެރިން ދަރުސްދިނުމަށް ރާއްޖެ ގެނެވޭނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެ އާ ޤަވާއިދު ނިމުމުން' ކަމުގައި އިސްލާމިކް މިނިސްޓާރ ޑރ އަބްދުލް މަޖީދު އަބްދުލްބާރީ ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓާރ މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފްއިން އިނގިރޭސިވިލާތުގެ ދާޢީއެއް ރާއްޖެ ގެނައުމުގެ ހުއްދައަށް އެދުމުން އޭގެ ޖަވާބެއްގެ ގޮތުގައި ޖަމިއްޔަތުއްސަލަފްއަށް ފޮނުވި ސިޓީއެއްގައެވެ. ދިއިސްލާމްއަށް ކޮޕީއެއް ލިބިފައިވާ މިސިޓީގައި މިނިސްޓާރ ވިދާޅުވެފައިވަނީ ' ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެ އާ ޤަވާއިދެއް އެކުލަވާލެވި މިހާރުވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ކަމަށާއި މިޤަވައިދު އާންމުކުރުމުން ގެންނަން ބޭނުންފުޅުވާ ބޭފުޅެއްހެ ސިވީއާއިއެކު ހުށައެޅުމަށެވެ. އަދި މިވަޤުތައް ބޭރުގެ ބޭފުޅުންނަށް ހުއްދަ އެރުވުމަށް ނިންމާފައިވަނީ މިޤަވައިދު ނިމުމުން އޭގެ ދަށުންކަމުގައި'ކަމަށެވެ.

ދިއިސްލާމް އަށް މައުޟޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުއްރަޙީމް ގްރީންގެ އިތުރުން މަޝްހޫރު އިލްމުވެރިޔާ ޑރ ބިލާލް ޕިލިޕްސްވެސް ދެމަސް ދުވަހުގެ ތެރޭގައި ރާއްޖެވަޑައިގަތުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. ނަމަވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެ އާ ޤަވާއިދު ދެމަސްދުވަހުގެ ތެރޭގައި އާންމު ނުކުރެވިއްޖެނަމަ ދުނިޔޭގެ މަޝްހޫރު ދެ ދާޢީ އިންގެ ދަރުސްތައް ކެންސަލްވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *