ރާއްޖޭގެ ޚަބަރު

'ފައިދާހުރި މަސައްކަތެއް ކޮއްގެން ކައިބޮއެ އުޅޭ މީހަކު ކަމުގައި ވުމަށް.' ޚަތީބު ގޮވާލައިފި

ހަބަރު: ދިއިސްލާމް

މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކޮއްގެން ކައިބޮއެ އުޅޭ މީހަކު ކަމުގައި ވުމަށް' ޚަތީބު ޑރ އަބްދުލް މަޖީދު އަބްދުލްބާރީ ގޮވާލައްވައިފިއެވެ.

މިއަދު ހުކުރު ޚުތުބާގައި ހުކުރުގެ ޖަމާއަތަށް ހާޒިރުވެވަޑައިގެން ބޭފުޅުންނާއި މުހާތަބުކޮށް ޚަތީބު އިތުރަށް ވިދާޅުވެފައިވަނީ 'އިސްލާމް ދީނަކީ މަސައްކަތްތެރިކަމަށް ނުހަނު ބާރުއަޅާ ދީނެއް ކަމަށާއި އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން ލިބޭ އެއްޗަކުން، ކައިބޮއި އުޅުމަށް ހިތްވަރުދޭ ދީނެއްކަމަށާއި ކަންނެތްކަމާއި އަނެކުންގެ ދަށުވެގެން އުޅުމާއި ސަލާމްޖަހައިގެން ކައިބޮއެ ހެދުން ފަދަ ނިކަމެތި ވެގަންނަ ކަންކަމަށް ނުރުހުންތެރިވާ ދީނެއް.' ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގިނަވެ ދިވެހިން ބައެއް މަސައްކަތްތަކާއި ދުރަށްދާ މައްސަލައަށްވެސް ޚުތުބާގައިވަނީ އަލިއަޅުވާލާފައެވެ. ބިދޭސީން ކުރާ ގިނަ މަސައްކަތްތަކަށް ދިވެހިން ނުކުންނަންވެއްޖެކަމަށާއި އެއީ ދިވެހިން މީގެ ކުރިންވެސް ކުރަމުންއައި މަސައްކަތްކަމަށް ވިދާޅުވެފައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ޚަތީބު ވަނީ 'އިސްލާމް ދީނުގައި މަސައްކަތްކުރުމަށް ބާރުއަޅާ މިންވަރު' މިއެވެ. މިމައުޟޫއަށް އިސްލާމިކް އެފެއާޒްގެ މިނިސްޓާރ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ޤުރުއާނާއި ހަދީސްގެ އަލީގައި ބަޔާންކުރައްވާފައެވެ.

12 ފެބްރުއަރީ 2010 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ވީޑިއޯ ރެކޯޑިންގ ބައްލަވާ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *