
ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ޢަރަބި ބަސް އުނގަންނައިދޭ ކޯހެއް މިމަހު 15އިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އައްޘުރައްޔާ ޓިއުޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އައްޘުރައްޔާ ޓިއުޝަން ސެންޓަރ ހިންގުމާއި ހަވާލުވެ ހުންނެވި ހަސަން ޙަތީން ވިދާޅުވީ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިޚް ނިމާލް މުޙައްމަދު އާއި އައްޝައިޚް ޢަލީ ޒައިދު ކަމަށާއި މިކޯހުގައި ބައިވެރިވާ ފަރާތް ތަކުން މިކޯސް ނިމޭއިރުގައި އަރަބިބަހުން މުޢާމަލާތް ކުރަން އެނގޭ ވަރު ވާނެކަމަށް ވެސް ޙަތީން ވިދާޅުވިއެވެ.
ޙަތީން އިތުރަށް ވިދާޅުވީ 3މަސް ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ މިކޯހުގައި ހަފުތާއަކު 6 ދުވަހު ކިޔަވައި ދޭނެކަމަށާއި މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން (7576460) މި ނަންބަރާ ގުޅުއްވައި ނުވަތަ އެސް އެމް އެސް ކުރައްވައިގެން ނަންނޯޓް ކުރެވިދާނެ ކަމަށެވެ.
އައްޘުރައްޔާ ޓިއުޝަން ސެންޓަރ ހުންނަނީ ޗާންދަނީ މަގު މ. ބަގީޗާ ވިލާ ފުރަތަމަ ފަންގިފިލާގައެވެ.
ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ޢަރަބި ބަސް އުނގަންނައިދޭ ކޯހެއްފަށަނީ

















advertisment
ތިކަހަލަގެ ކޯހެއް ހުޅުމާލެގައި ބާއްވަދީބަލަ.. މިއުޅެނީ ކުޑަހުއްޖަކަށް އަރަބި ބަސް ކިޔަވާދެއްްވާނެ ޓީޗަރަކުވެސް ނުލިބިގެން މިހާރުވެސް
އަރަބި ކިޔަވާދޭ އެހެން ކޯހެއް ދެން ފެށޭނީ ކޮންދުވަހަކުންތޯ؟