ރާއްޖޭގެ ޚަބަރު

”ކެންސަރާމެދު ހޭލުންތެރި ވަމާ“ މިނަމުގައި ބޭއްވި ހަރަކާތަށް ބައިވެރިންގެ ފަރާތުން ހޫނު ތަރުހީބެއްލިބުނު: އަޚަވާތު

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި ޖަމިއްޔަތުލް އަޚަވާތު ގުޅިގެން އަންހެން ބޭކަބަލުން ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ހަރަކާތުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގު

 

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި ޖަމިއްޔަތުލް އަޚަވާތު ގުޅިގެން އަންހެން ބޭކަބަލުން ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ހަރަކާތުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގު

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި ޖަމިއްޔަތުލް އަޚަވާތު ގުޅިގެން އަންހެން ބޭކަބަލުން ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ހަރަކާތަށް ފުދޭވަރެއްގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ޖަމިއްޔަތުލް އަޚަވާތުގެ ރައީސާ ފާތުމަތު ޝަރޫޒާ ވިދާޅުވެއްޖެއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޝަރޫޒާ އިތުރަށް ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ ޑރ. މީޒާ ހަލީމް އާއި ޑރ. ފާތިމަތު ނާދިޔާގެ އިތުރުން ޑރ. ހައްވާ ހަނާ ކަމަށެވެ.

ބައިވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިފައިވާއިރު ޖަމިއްޔަތުލް އަޚަވާތުގެ ފަރާތުން މީގެ އިތުރު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެެއް ހިންގުމަށް ގަސްތުކުރަމުން އަންނަކަމަށް ޝަރޫޒާ ވިދާޅުވިއެވެ. އަދި ހަމަ މިއާއެކު މިފަދާ ހަރަކާތް ތަކުގައި ވީހާވެސް ގިނަފަރާތް ތަކުން ބައިވެރިވުމަށް ޖަމިއްޔަތުލް އަޚަވާތުގެ ރައީސާގެ ހައިސިއްޔަތުން ޝަރޫޒާ ވަނީ އެދިވަޑައި ގެންފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހުސް ގޮނޑި؟

Your email address will not be published. Required fields are marked *