ކުޑަ ކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ވަގަށް ނެގިތާ 3 ގަޑި އިރުތެރޭގައި އެ ރަންފަށް ހޯދުމަށްފަހު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށް ފުލުހުން ހާމަކޮށް ފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިރަންފަށް ހޯދާފައިވަނީ މި ނޮވެމްބަރު މަހު 07 ވަނަ ދުވަހުގެ ރޭ 19:00 ހާއިރު މ. މުލިން އުމުރުން 4 އަހަރުގެ ކުޑަކުއްޖެއްގެ ކަރުގައި އޮތް ރަން ފަށެއް ގެއްލިފައިވާ ކަމަށް މ. މުލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ.
ފުލުހުން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި މިމައްސަލައިގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާއާއި ސުވާލުކުރުމުން އޭނާވަނީ އެރަންފަށް އޭނާ ފޮރުވާފައި އޮތްތަން ފުލުހުންނަށް ދައްކާފައި ކަމަށެވެ.
މިމައްސަލަ މ. މުލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

















advertisment
މީގަ އަޅެފަހެ އިތުރަށް ތަހުގީގު ކުރަންޖެހޭ އެއްޗެއް އެބަ އޮތްތަ؟ ވަގަށް ނެގިމީހާ އެނގޭ. ދެންއެހެންވީމާ މީނައަށް ދޭންވާ އަދަބު ދިނީމަ ވީނު.