އެހީ ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ގިނަބައެއްގެ މުއްދު ފަގީރުންނަށް ބެހުމުގެ ހަރަކާތެއް މިއަދު މެންދުރު ކޮކްޓައިލް ހައުސްގައި ކުރިޔަށް ގެންގޮސްފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެހީ ޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ފާއިތުވި ރަމަޟާންމަހު ރޯދަހިފުމަށް ކުޅަދާނަ ނުވުމުގެ ސަބަބުން މުއްދު ބަހަންޖެހޭ މީހުންނަށް އެކަން ކުރުމަށް އެހީތެރިވެދީ މަގުފަހި ކޮށް ދިނުމެވެ.
އެޖަމިއްޔާއިން އިތުރަށް ހާމަކުރައްވާ ގޮތުގައި މިހަރަކާތުގައި ބައިވެރިކުރި ފަގީރުންގެ ލިސްޓް ތައްޔާރު ކޮށްފައިވަނީ އެހީ ޖަމިއްޔާގެ ޓީމަކުން ފަގީރުންގެ ގޮތުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކުގެ ގެތަކަށް ޒިޔާރަތް ކުރުމަށް ފަހުގައެވެ. އަދިހަމަ މިއާއެކު އެޓީމުން ވަނީ އައި ޖީ އެމް ހޮސްޕިޓަލަށް ޒިޔާރާތްކޮށް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ހޯދަމުން ދިއުމުގެ ސަބަބުން އަތްމަތި ހުސްވެފައިވާ މީހުން ފާހަގަކޮށް އެމީހުންވެސް މިހަރަކާތުގައި ބައިވެރިކޮށްފައެވެ.
ޖުމްލަ 123 ފަގީރުންނާއި ނިކަމެތިން މިހަރަކާތުގައި ބައިވެރި ކޮށް ކާންދީފައިވާއިރު 46 މީހުން ކޮކްޓައިލް ހައުސްގައި އިންތިޒާމް ކޮށްފައިވާ ކެއުމުގައި ބައިވެރި ވެފައިވާއިރު 77 މީހުންނަށް ވަނީ ކާތަކެތި އެމީހުން ތިބިތަނަށް ފޯރުކޮށްދީފައެވެ.
12 ޖުލައި 2012ގައި އުފެދުނު މިޖަމިޔާއިން މީގެ ކުރިންވެސްވަނީ މިފަދަ އެހީތެރިކަމުގެ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން މިއަހަރުގެ ފިތުރު ޒަކާތް ނަގައި އޭގެ ހައްގުވެރިންނަށް ފޯރުކޮށް ދިނުމާއި އަލަށް އިސްލާމްވި ބިދޭސީއެއްގެ ހިތާނަކުރުމުގެ ހަރަދުތައްވެސް ވަނީ ކޮށްދީފައެވެ.

















advertisment
މާޝާ ﷲ
މާޝާﷲ
ޖަޒާކަﷲޚައިރް.