ރާއްޖޭގެ ޚަބަރު 'އިސްލާމިކް ފެއާރ' މިމަހު 13 އަދި 15 ވަނަ ދުވަހު ބާއްވަނީ

'އިސްލާމިކް ފެއާރ' މިމަހު 13 އަދި 15 ވަނަ ދުވަހު ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ބޭއްވުމަށް ހަމަޖެހިފައިވާ "އިސްލާމިކް ފެއަރ" މިމަހު 13 އަދި 15 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިކަމަށް އެމިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފެއާރގައި 'ދީނީ ސުވާލުތަކަށް ޖަވާބު ދިނުމާއި، ދީނީ ފޮތްތަކުގެ ސްޓޯލަކާއި ކުޑަކުދިންގެ ކޯނަރއެއް ހުންނާނެ ކަމަށް މިނިސްޓްރީއިން ހާމަކުރައްވައެވެ. މިފެއަރގައި މިމިނިސްޓްރީގެ އިތުރުން ހަތަރު ބުކްޝޮޕްކާއި، އަމިއްލަ ޖަމާޢަތެއް ކަމުގައިވާ މުސްލިމުންގެ ގުޅުން ބައިވެރިވެފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި 'މިފެއަރގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ހުރި ތާރީޚީ ޤުރްއާންތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިއްކަފުޅުޖެހި ތިން ސިޓީފުޅަކާއި، އޭގެ ތަރުޖަމާ ބެހެއްޓޭނެ'އެވެ.

މިދިޔަ އަހަރު ފަހުކޮޅު ބޭއްވުނު ޑިމޮކްރިސީ ފެއާރގައި އިސްލާމިކް މިނިސްޓްރީއިން ތައްޔާރުކުރި ސްޓޯލްއަށް އާންމުންގެ ސަމާލުކަންވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

ޓެގް

ޤުރުއާން ސަރުކާރު ޝެއިޚް ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.