އިސްލާމްދީނުގައި ބޮޑުމީހެއްކަމުގައި ބަލާ އުމުރަކީ ކޮބާ؟

އިސްލާމްދީނުގައި ބޮޑުމީހެއްކަމުގައި ބަލާ އުމުރަކީ ކޮބާ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކުޑަކުދިން ބާލިޣް ވުން ނުވަތަ ބޮޑު މީހަކަށްވެ، ތަކްލީފް ޖެހިގެންވާ މީހަކަށް ވުމުގައި އޮތީ ތިންގޮތެކެވެ. އެއީ:

1.     އިޙްތިލާމް ވުން. ނުވަތަ ނިދީގައި މަނި ބޭރުވުން.

2.     ޢާނަތުގައި އިސްތަށި ފެޅުން.

3.     ޢުމުރުން ފަނަރަ އަހަރު ފުރުން.

އަންހެން ކުއްޖެއްނަމަ އިތުރު ކަމެއް އޮވެއެވެ. އެއީ ކުއްޖާ ޙައިޟު ވުމެވެ.

އިސްވެ ބަޔާން ކުރެވުނު ކަންތައް ތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ އެކުއްޖާ އަކީ އެހިސާބުން ބޮޑު މީހެކެވެ. އިސްލާމީ ޝަރީޢަތުގެ ތަކްލީފުތައް ފުރިހަމަ އަށް އުފުއްލަން ޖެހޭ މީހެކެވެ. އިސްލާމްދީނުގައި އައިސްފައިވާ އަމުރުފުޅުތަކަށް ފުރިހަމަ އަށް ބޯލަނބައި ނަހީ ކުރައްވާފައިވާ ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭނެއެވެ.

ވީމާ، ވަޟްޢީ ގާނޫނު ތަކުގައި ކުޑަކުދިން ބޮޑު މީހެއް ކަމުގައި ބެލެވޭ ޢުމުރަކީ 18 އަހަރު ވުމުންނޭ އޮންނަ އޮތުމަކީ އިސްލާމީ ޝަރީޢަތާ ފުށުއަރާ ކަމެކެވެ. އިސްލާމީ ޝަރީޢަތާއި ފުށު އަރާ ކޮންމެ ގާނޫނަކީ އަދި ގަވާޢިދަކީ ބާޠިލް އެއްޗެކެވެ. އެފަދަ ގާނޫނަކަށް ގަވާޢިދަކަށް މުސްލިމުން ބޯލަނގާ ކިޔަމަން ގަންނާކަށް ނުޖެހޭނެއެވެ.

ﷲ ގެ ޙުކުމްފުޅު ތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ އަޅުތަކުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެއެވެ. އެކަލާނގެ އީ ޙަކީމް ވަންތަ އިލާހެވެ. އެކަލާނގެ ކުރައްވާ ކަމަކާއި ބެހޭ ގޮތުން ސުވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، އަޅުތަކުންގެ ޢަމަލުތަކުގެ މައްޗަށް އެބައިމީހުންނާއި ސުވާލު ކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާނީ އަޅުތަކުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތަށެވެ. އެކަލާނގެއީ އެންމެ ޢަދްލުވެރި އިލާހެވެ. ﷲ ގެ ޙުކުމަށްވުރެ މޮޅު ރަގަޅު ޝަރީޢަތެއް، ޙުކުމެއް އެއްވެސް ފަރާތަކަށް ނުގެނެވޭނެއެވެ. ސޫރަތުލް މާއިދާގެ 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ) މާނައަކީ: " ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" ސޫރަތުއް ތީންގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ)މާނައަކީ: " حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟"

އަޅުތަކުންގެ މަޞްލަޙަތު އެންމެ ބޮޑު ގޮތަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. ބައްޕަ އަކު ދަރިއަކަށް ރަޙުމް ކުރާވަރަށް ވުރެ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވަންތަވެރި ވޮޑިގެންވެއެވެ. ސޫރަތުލް މުލްކުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ‌) މާނައަކީ: " (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ގިޞާޞް ހިފުމާ، ވައްކަން ކުރާ މީހުންގެ އަތްކެނޑުމާއި، މުޙްޞަނަކު ޒިނޭ ކޮށްފިނަމަ ރަޖަމް ކުރުމާއި، މިހުރިހާ ޙައްދު ތަކެއް ވަނީ ޝަރީޢަތުގައި ބަޔާން ކޮށް ދެއްވާފައެވެ. ވީމާ، މިއީ މުސްލިމް ގައުމެއްގެ ގާނޫނުލް ޢުގޫބާތުގައި އޮޓަމެޓިކުންވެސް ލިޔެވިފައި އޮންނަން ޖެހޭ އެއްޗިއްސެވެ. އިތުރަށް ލިޔާކަށް ނުޖެހޭނެއެވެ.

 والله أعلم.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.