ދީންސުވާލާއި ޖަވާބު

އިރުއޮއްސޭގަޑީ ކުޑަކުދިން ބޭރަށް ނެރެވިދާނެ ތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މަޣްރިބް ގަޑި ޖެހުމުން ކުޑަކުދިން ބޭރަށް ނުނެރުމަށް ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- އިރްޝާދު ދެއްވާފައިވެއެވެ. ސަބަބަކީ އެވަގުތަކީ ޝައިޠާނުންތައް ފެތުރިގަންނަ ގަޑި ކަމަށްވާތީވެއެވެ. ޝައިޠާނުންތައް ލޯބިކުރަނީ އަނދިރިވަގުތުތަކަށެވެ. އަދި އަލިވަގުތު ތަކަށް އެތަކެތި ނަފްރަތު ކުރެއެވެ. ޝައިޠާނުންތައް ފެތުރިގަންނަނީ މަޣްރިބްގެ ފަހުންނެވެ. އެހެންކަމުން ކުޑަކުދިން މިގަޑީގައި ބޭރަށް ނުނެރުމަށް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހިވަސައްލަމަ އުއްމަތަށް އިރްޝާދު ދެއްވާ ޙަދީޘް ކުރެއްވިއެވެ. "لا تُرْسِلُوا ‏ ‏فَوَاشِيَكُمْ ‏‏وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ ‏‏ فَحْمَةُ الْعِشَاءِ ‏ ‏فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَاغَابَتْ الشَّمْسُ حَتَّى تَذْهَبَ ‏‏ فَحْمَةُ الْعِشَاءِ، فإن الشياطين تنبعث" މާނައަކީ: "ތިޔަބައިމީހުން މުދަލުގެގޮތުގައި ބޭނުންކުރުމަށް ގެންގުޅޭ ޖަނަވާރުތަކާއި (ކުކުޅު، ގެރި، ބަކަރި، ޖަމަލު، ފަދަތަކެތި) އަދި ކުޑަކުދިން، އިރުއޮއްސިގެން ގޮސް ރޭގަޑުގެ ފަ

ގުޅުންހުރި

3 ޚިޔާލު

  1. ހެއުކަންތަށް ކުރުމާއި ﷲ އަޅުކަން ކުރުމުގައި ދެޖިންސުގެ އެއްވެސް ތަފާތެއް ނޯވޭ، އިލްމު އުގެނުމަކީ ވެސް އަޅުކަމެއް މިއަދު އަންހެނުން މާބޮޑަށް ވެސް އިލްމު އުގެނެން އެބަޖެހޭ، ގޭގެ ކަންތަށް މެނޭޖު ކުރުމަށް ޓަކައި ބިޒުނަސް މެނޭޖުމަންޓް ކަހަލަ ކޯސްތަށްވެސް އަންހެނުން ހަދަން އެބަޖެހޭ، އިލްމީ ޤާބިލުކަމާއި ތަޖުރިބާ އިތުރުކުރަންޖެހޭ އެއްބަޔަކީ އަންހެނުން! ފިރިން ނާއި މުއާމަލާކޮށް ވާހަކަ ދައްކާނެ ރީތި އުސޫލުވެސް ދަސްކުުރަން އެބަޖެހޭ! ދެމަފިރިން އެކިކަން ކަމުގައި ޑީލް ކުރާނެ ގޮތާއި ދެބަސްވާ ކަންކަން ހައްލު ކުރާނެ ހުނަރުވެސް އަންހެނުން ދަސްކުރަން އެބަޖެހޭ!

  2. މި އާޓިކަލުން ފުރިހަމަ ޖަވާބެއް ސުރުހީގައިވާގޮތައް ލިބިފައިނުވާކަން ފާހަގަކުރަމެވެ. އާދޭ! އަޅުގަނޑުމެން އެންމެންވެސް ދަންނަން މަޤްރިބު ނަމާދުވަޤުތު ކުޑަ ކުދިން ބޭރަށް ނެރުމަކީ ދީނީ ގޮތުންވެސް ރަގަޅުކަމެއް ނޫންކަން. އެހެންނޫންތޯ؟ އެކަމަމު ސުރުހީގައި އެ ވަނީ ރާދަމަހުގެ ވާހަކައެވެ. މި މަހަކީ ޝައިތާނާ ބަނދުކުރެވިފައިވާ މަހަކަށް ވެފައި ކިޔުންތެރިން އޮޅުންފިލުވަން ބޭނުންވަނީ މި މަހުގައިވެސް ރޭގަނޑު ކުޑަ ކުއްޖަކު ބޭރަށް ނެރެވިދާނެތޯ؟ މި ސުވާލެވެ. އެހެނީ ބައެއް ޢާއިލާތަކުން ރޯދަ ވީއްލުމަށް އެހެން ގޭގެއަށް ޒިޔާރަތްކޮށް ހަދައެވެ. ގެއައް ދެވޭއިރު ހުންނަނީ އިޝާއަށް ގޮވަން ކައިރިވެފައެވެ.

  3. މިލިޔުމުގައި ކުރެވިފައިވާ ސުވާލަށް ޖަވާބު ދެވިފައެއް ނެތް. ސުވާލަކީ ރޯދަމަހު އިރުއޮސޭގަޑީގައި…. އެހެން ކަމަށްވާނަމަ ޖަވާބު ދެވިފައިއެވަނީ ޖެނަރަލްކޮށް. ރޯދަމަހަކީ ޝައިތޯނުން ހައްޔަރުކުރެވިފައިވާ މަހަކަށް ވާތީ މި ސުވާލު މިގޮތަށް ކުރެވިފައިވަނީ. ރަގަޅަށް ސުވާލުކިޔާފަ ޖަވާބު ދިނުމަށް ދަންނަވަން.

Comments are closed.

More in ދީން