އަރަބިދުނިޔެދުނިޔެ

އަލްޤާއިދާއިން ޔަމަނުގެ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ

އަލްޤާއިދާގެ ހަނގުރާމަވެރިން ޔަމަނގެ ޖާރު އަވަށުގެ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 5 މީހުން އިއްޔެ މަރުވެފައިވާކަމަށް ޔަމަނުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އަލްޤާއިދާއިންދިން މިހަމަލާގައި މަރުވެފައިވަނީ އާންމުންގެ މީހަކާއި ފުލުހުންގެ 4 މީހުންނެވެ.

"އަލްޤާއިދާގެ މެމްބަރުން ފުލުހުންގެ މިމަރުކަޒަށް ހަމަލާދީފައިވަނީ ބަޑިންނާއި އަތުބޮމުން. ފުލުހުންގެ 2 މީހަކާއި އާންމުންގެ މީހެއް މަރުވި. އަދި ފަހުން ލިބުނު ޒަޚަމްތަކުގެ ސަބަބުން އިތުރު ދެފުލުހަކުވެސް މަރުވި. ފުލުހުންގެ އިތުރު މީހަކަށް ވަނީ ވަރަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި،" އޮފިޝަލު މީޑިއާއަށް މަޢުލޫމާތުދިނެވެ.

ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ހާމަކޮށްފައިވާގޮތުގައި އަލްޤާއިދާގެ އަންސާރުއް ޝަރީޢާ ޖަމާޢަތުގެ 20 ހަނގުރާމަވެރިން މިހަމަލާދިނުމުގައި ބައިވެރިވެފައިވެއެވެ.

ޖާރުއަވަށާއި އަދި ޔަމަނުގެ އަބްޔަންގެ ވެރިކަންކުރާ ޕްރޮވިންސް ޒިންޖިބާރު އަލްޤާއިދާއިންވަނީ މިދިޔަ އަހަރު މޭމަހު އެމީހުންގެ ބާރުގެ ދަށަށްގެނެސްފައެވެ. ނަމަވެސް ޖޫންމަހުގެ މެދުތެރޭގައި ޔަމަނުގެ ސިފައިންވަނީ އެހިސާބުން އަލްޤާއިދާ ފައްސާލައި އެތަން ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ސާބަސް އަލް ޤައިދާ

  2. ތި މަރުވި މީހާ އަކީ ރަނގަޅަށްވިއްޔާ އެމީހުންނަށް އެހީވާން ގޮސް ހުރި މީހެއް، ހަމަ ގައިމުވެސް އަލޤާޢިދާގެ ބޭފުޅުން ގަސްތުގައި ޢާންމުންނެއް ނުމަރާނެ

  3. އަލޤާޢިދާގެ މީހުނަކީ މުސްލިމުންގެ ލޭއޮހޮރުވާ މުޅި މުސްލިމު ދުނިޔޭގެ ނަންހުތުރު ކޮައްލި ބައެއް ކުށެއްނެތް ކުނޑަކުދިންނާ އަންހެނުންނާ މުސްކުޅިން މަރާބައެން.. މުޅި ގައިގަ ގޮވާތަކެތި ހަރުކޮއްގެން އަމިއްލަޔައް ކުފުރުމަރަކުން މަރުވާބައެއް… މުސްލިމުން މިބައިމީހިނާ ދެކޮޅައް ހަގުރާމަކޮއް މިމީހުންގެ ނަން ފުހެލަންވީ ދުނިޔޭން … އިގޭމިކޮމެންޓުނުޖަހާނެކަން

Your email address will not be published. Required fields are marked *