ރާއްޖޭގެ ޚަބަރު "މަދަނަ" ޕްރޮގްރާމްގައި ބައިވެރިވުމަށް އަވަސްވެނުގަތުމަށް ޖަމިއްޔަތުއް ސަލަފު އިލްތިމާސްކޮށްފި!

"މަދަނަ" ޕްރޮގްރާމްގައި ބައިވެރިވުމަށް އަވަސްވެނުގަތުމަށް ޖަމިއްޔަތުއް ސަލަފު އިލްތިމާސްކޮށްފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

..... މަދަނަ ލޯގޯ

"މަދަނަ" ޕްރޮގްރާމްގައި ބައިވެރިވުމަށް އަވަސްވެނުގަތުމަށް ޖަމިއްޔަތުއް ސަލަފު އިލްތިމާސްކޮށްފިއެވެ.

ޖަމިއްޔަތުއް ސަލަފްއިން މިފަދަ ގޮތަކަށް އިލްތިމާސްކުރައްވާފައިވަނީ އެޖަމިއްޔާއަށް އާންމު ފަރާތްތަކުން ކުރިމަތިކުރުވާ ސުވާލުތަކުގެ ސަބަބުން ކަމަށް އެޖަމިއްޔާއިންވަނީ ހާމަކުރައްވާފައެވެ. ޖަމިއްޔަތުއް ސަލަފްއިން ހާމަކުރައްވާގޮތުގައި 'މަދަނަ' ޕްރޮގްރާމްގައި ބައިވެރިވުމުގެ ކުރިން 'އެއާއި މެދު ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވިސްނައި، އެކަމުގެ ތަޖުރިބާކާރުންނާއި މަޝްވަރާ ކުރުމަކީ ދުރުވިސްނޭ ބުއްދިވެރިކަމެއް' ކަމަށެވެ.

އެޖަމިއްޔާގެ ރަސްމީ ވެބްސައިޓްގައި ވަނީ 'ޖަމްޢިއްޔަތުއްސަލަފުން އެކިފަރާތްތަކާ މަޝްވަރާކޮށް ކަންހުރިގޮތްތައް ހޯދައި ބެލިބެލުމުން، ނިމުމަކަށް އާދެވިފައިވަނީ ، މިފަދަ ކަމެއްގައި ދިވެހިރާއްޖޭގައި ތިއްބެވި، މި ދާއިރާގެ މުތަޚައްޞިޞުންނާއި އަދި އިތުބާރު ހިފޭ ދީނީ ޢިލްމުގެ އަހުލުވެރިންނާއި އެކު މަޝްޥަރާކޮށް މިކަމުގެ ޙުކުމެއް ދެނެގަނެ އެޙުކުމް ޢާއްމުންނާއި ހަމައަށް ފޯރުކޮށް ދިނުމަށެވެ. އެހެންކަމުން ރަސްމީ ޤަރާރެއް ނެރެން ޤަޞްދުކުރަނީ އެފަދަ މަޝްޥަރާއަކަށް ފަހުގައެވެ. މިހާރު އެކަން އިންތިޒާމު ކުރެވޭތޯ މުސްލިމުންގެ ގުޅުމާއި ޖަމްޢިއްޔަތުއްސަލަފްއާއި އެކުގައި ދަނީ ޚިޔާލު ބަދަލުކުރެވެމުންނެވެ. ތަޥްފީޤް ދެއްވާނީ މާތް ﷲ އެވެ. މިފަދައިންނެވެ.

ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި 'މަދަނަ' އަކީ ސަރުކާރުން ކުރިއަށް ގެންދާ އިންޝޫރެންސް ސްކީމެކެވެ. އަނެއް ބަޔަކު ބުނާ ގޮތުން އެއީ ރައްޔިތުންގެ އަތުން ކޮންމެވެސް މިންވަރެއް ނެގުމަށްފަހު ސަރުކާރުން ރައްޔިތުންނަށް ބޭސްފަރުވާގެ ކަންތައްތައް ކުރުމުގައި އެހީވުމަށްކުރާ ކަމެއް ކަމުގައެވެ.

'މަދަނަ' ޕްރޮގްރާމްގައި މިވަގުތު ބައިވެރިވުމަށް އަވަސްވެ ނުގަތުމަށް 5 ސަބަބެއް ވަނީ ބަޔާންކުރައްވާފައެވެ. އޭގެތެރޭގައި މަދަނަ އަކީ އިންޝުރެންސް ސްކީމް ފަދަ ވިޔަފާރިއެއްކަން މިހާތަނަށް އެނގިފައިވުމާއި، މިފަދަ ބޮޑު މަޝްއޫރެއް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއެއް ހޯދާފައިނެތުމާއި މަދަނައިގެ ސިޔާސަތުގައި އޮޅުން ނުފިލާ ކަންތައްތަކެއް ހުރުމުގެ ސަބަބު ހިމެނެއެވެ.

ޓެގް

ސަރުކާރު ޝެއިޚް ސަލަފް އެހީ ހޯދުން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.