ރާއްޖޭގެ ޚަބަރު އަންނަ އަހަރު ޙައްޖަށް މީހުންގެންދިއުމުގެ ހުއްދަ ބައެއް ޖަމާއަތްތަކަށް ދެއްވައިފި!

އަންނަ އަހަރު ޙައްޖަށް މީހުންގެންދިއުމުގެ ހުއްދަ ބައެއް ޖަމާއަތްތަކަށް ދެއްވައިފި!

އަންނަ އަހަރު ޙައްޖަށް މީހުންގެންދިއުމުގެ ހުއްދަ ބައެއް ޖަމާއަތްތަކަށް ދެއްވައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބައެއް ޖަމާއަތްތަކަށް ދެއްވައިފިއެވެ.‫

ދިވެހިރާއްޖެއިން 1431 ވަނަ އަހަރު ޙައްޖަށް ގެންދިއުމުގެ ހުއްދަ މިއަހަރު ދީފައިވަނީ 6 ޖަމާއަތަކަށްކަމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އާންމުކޮށް ޢިއުލާންކުރައްވާފައެވެ.‫ 13 ޖަމާއަތަކުން ހުށައަޅެމަށްފަހު އެ ހުށައެޅުންތައް ދިރާސާ ކުރުމަށްފަހު ހުއްދަ ދީފައިވާ ޖަމާއަތްތަކަކީ އަތަމާ ޙައްޖު ގުރޫޕް، ޖަމާއަތު ޒަޢީ ލިމަނާސިކިލްޙައްޖި ވަލްޢުމްރަތި، ޖަމާޢަތު ސިސިލްފަރު ލިލްޙައްޖި ވަލްޢުމްރަތި، އަލްމަނާސިކް، އައްޞަފާ ލިލްޙައްޖި ވަލްޢުމްރަތި އަދި އަލްޚައިރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް މިއެވެ.

ޙައްޖަށް ދިއުމުގެ ހުއްދަ ޖަމާއަތްތަކަށް ދީފައިވާއިރު 6 ޖަމާއަތަށް ޖުމްލަ 990 ހައްޖާޖީން ގެންދިއުމަށް ކޯޓާ ވަނީ ދޫކުރައްވާފައެވެ. ހުއްދަ ދީފައިވާ ޖަމާޢަތްތަކުން ހައްޖަށް ގެންދިއުމުގެ އަގުތައް މިއަހަރު އުޅެނީ 59000.00 ރުފިޔާއިން 70000.00 ރުފިޔާއާއި ދެމެދުގައިކަމަށް ޖަމާއަތްތަކުން ހާމަކުރައްވައެވެ.

ޓެގް

ޙައްޖު ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.