ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޝައިޚް އިލްޔާސްގެ ދަރުސް "މަރު" މިރޭ ފުރުޤާން މިސްކިތުގައި

އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް މިރޭވެސް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މާލެހިޔާ ފްލެޓް ކައިރީގައި ހުންނަ ފުރުޤާން މިސްކިތުގައި މިރޭ އިޝާ ނަމާދަށްފަހުގައެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ “މަރު” މިމައުޟޫއަށެވެ.

ރޭ ފުރުޤާން މިސްކިތުގައި ބޭއްވި ދަރުސް ފެށުމުގެ ކުރިން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މިސްކިތް ކައިރީ ހަމަނުޖެހުން ވަނީ ހިންގާފައެވެ. އަދި ދެފަރާތުގެ މެދުގައި ބަހުގެ ހަމަލާތައްވެސް ވަނީ ކުރިއަށްގޮސްފައެވެ. ރޭ ދަރުސް ކުރިއަށް ގެންދަނިކޮންވެސް ބައެއް މީހުންވަނީ ބޭއަދަބީ ބަސްތައް ބޭނުންކޮށް ދަރުސަށް އުނދަގޫވާ ގޮތަށް އަމަލުތައް ބަހައްޓާފައެވެ. އަދި ފުލުހުން ވަނީ އެސަރަހައްދަށް ގޮސް އެސަރަހައްދު ހަމައަކަށް އަޅުވާފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ފުލުހުން ކުރިޔާލައި މިރޭ މިސްކިތް ހިމެނޭ ސަރަޙައްދު އެމްޑީޕީ ގުންޑާއިންގެ ކިބައިން ސަލާމަތް ކޮށް ދެއްވުމަށް އެދެން. ޔާﷲ މިރޭގެ ދަރުސް އަމާން ކަމާއި އޮމާން ކަމާއިއެކު ބޭއްވުމުގެ ހެޔޮގޮތް މިންވަރު ކޮށްދެއްވާށި. އާމީން

  2. އަނހެންބޭފުޅުން ނަށް ދެވޭނެތަ މިރޭގެ ދަރުސް އަށް..

  3. މިގައުމުގައި އިސްލާމް ދީނުގެ މަތިވެރި ސިޢާރުތައް ފެތުރުމަށް ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ. ﷲ ޙައްޤަށް ނަސްރު ދެއްވާނެ. މިދީނުގެ ޢަދާވާތްތެރިން ބަލިކުރައްވާނެ. އެބައިމޙުންނަކީ ވެސް މަރުވާނޭ ބަޔެއް. ވީމާ މިރޭގެ ދަރުސް އަޑުއަހާޅުމަށް ދައުވަތުދެން. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެ. މާތް ﷲ އެބައިމޙުންނަށް ހެޔޮވިސްނުންދެއްވާ އެ ނޭއްގާނީ ޢަމަލުތަކުން ދުރުކުރައްވާނދޭވެ.

Your email address will not be published. Required fields are marked *