ދީންސުވާލާއި ޖަވާބު

ނަމާދުގައިކިޔާ ތަކެތި ތަފްސީލްކޮށް ބަޔާންކޮށްދީ..؟

ސުވާލު:

ނަމާދުގައިކިޔާ ތަކެތި ތަފްސީލްކޮށް ބަޔާންކޮށްދީ..؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ވުޟޫކުރުމުގެ ކުރިންކިޔާ ދުޢާ

بِسْمِ الله.

މާނަ: ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ.

ވުޟޫގެ ފަހުން ކިޔާ ދުޢާ

1.  (أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ)

މާނަ: ﷲ މެނުވީ ޙައްގުގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އެކަލާނގެ ޙަޟްރަތަށް އެއްވެސް ބައިވެރިޔަކު އަދި ޝަރީކަކު ނުވެއެވެ. އަދި މުޙަންމަދު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- އީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.

2.  (اَللَّهُمَّ اجْعَلْنِيْ مِنَ التَّوَّابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَ).

މާނަ: ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާއީ ގިނަގިނައިން ތައުބާވާ އަޅަކު ކަމުގައި ލައްވައިފާންދޭވެ. އަދި ޞާފުޠާހިރުވާ މީހުންގެ ތެރެއިން ލައްވާފާންދޭވެ.

3. (سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَّا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ)

މާނަ: އިބަ އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އިބަ އިލާހު މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. މިއަޅާގެ ފާފަ ފުއްސަވައި ދެއްވާފާންދޭވެ. މިއަޅާ އަށް ކުރެވިފައިވަ ފާފަ ތަކުން އިބަ އިލާހުގެ ޙަޟްރަތަށް ތައުބާ ވަމެވެ.

ބަންގީގެ ފަހުން ކިޔާ ދުޢާ

اَللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ ، وَالصَّلاةِ الْقَائِمةِ، آتِ مُحَمَّداً الْوسِيلَةَ ، والْفَضَيِلَة، وابْعثْهُ مقَامًا محْمُوداً الَّذي وَعَدْتَهُ

މާނަ: ހައްދަވާގެންގުޅުއްވާ އިލާހެވެ. މި ފުރިހަމަވެގެންވާ ބަންގީގެ ވެރި އިލާހް. އަދި ޤާއިމު ކުރެވޭ ނަމާދުގެ ވެރި އިލާހް. މުހަންމަދު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އަލްވަސީލަތާއި މާތްކަން ދެއްވާންދޭވެ! އަދި އިބައިލާހު އެކަލޭގެފާނަށް ދެއްވުމަށް ވަޢުދު ކުރައްވާފައިވާ މަޤާމުލް މަހްމޫދަށް އެކަލޭގެފާނު ފޯރުކޮށްދެއްވާން ދޭވެ.

ދުޢާއުލް އިސްތިފްތާޙް

1. سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ

މާނަ: އިބަ އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އިބަ އިލާހުގެ އިސްމުފުޅުތައް މަތިވެރިއެވެ. އިބަ އިލާހު ފިޔަވައި އިލާހަކު ނުވެއެވެ.

2. اَللَّهُمَّ بَاعِدْ بَيْنِيْ وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اَللَّهُمَّ نَقِّنِيْ مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ اَللَّهُمَّ اغْسِلْنِيْ مِنْ خَطَايَايَ بِالثَّلْجِ وَالْمَاِء وَالْبَرَدِ

މާނަ: ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހު އިރުމަތީފަރާތާއި، ހުޅަނގުފަރާތް ދުރުކުރެއްވިފަދައިން މިއަޅާގެ ފާފަތަކާއި މިއަޅާއާ ދުރުކުރައްވައިފާނދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. ކިލާތަކުން ހުދު ފޭރާން ދޮވެ ސާފުކުރެވޭފަދައިން މިއަޅާ، މިއަޅާގެ ފާފަތަކުން ދޮވެ ސާފުކޮށްދެއްވައިފާނދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަތައް ގަނޑުފެނުންނާއި، ފެނާއި ފިނިން ދޮވެ ސާފުކޮށްދެއްވައިފާނދޭވެ.

ރުކޫޢުގައި އޮވެގެން ކިޔާ ދުޢާ

1. " سُبْحَانَ رَبِّيَ الْعَظِيْمِ " (ތިންފަހަރު)،

މާނަ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރު ވަންތަ ކަމާއެވެ.

2. " سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اَللَّهُمَّ اغْفِرْ لِيْ "

މާނަ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އަށް ޙަމްދު ހުއްޓެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާ ދެއްވާފާންދޭވެ.

3. سُبُّوْحٌ قُدُّوْسٌ رَّبُّ الْمَلَائِكَةِ وَالرُّوْحِ

މާނަ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. އެއިލާހީ އެންމެހައި ޢައިބު ޞިފަތަކުން ހުސްޠާހިރުވެގެންވާ އިލާހެވެ. މަލާއިކަތް ބޭކަލުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ހެއްދެވި އިލާހެވެ.

4. اَللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ ،لَكَ أَسْلَمْتُ خَشَعَ لَكَ سَمْعِيْ وَبَصَرِيْ وَدَمِيْ وَلَحْمِيْ وَعَظْمِيْ وَعَصَبِيْ،وَمَا اسْتَقَلَّ بِهِ قَدَمِيْ "

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ ތިޔަ އިލާހަށް ރުކޫޢު ކޮށްފީމެވެ. އަދި މިއަޅާ އިބަ އިލާހަށް އީމާންވެއްޖައީމެވެ. މި އަޅާ އިބަ އިލާހަށް ކިޔަމަންތެރިވެއްޖައީމެވެ. މިއަޅާގެ އަޑުއެހުމުގެ ޙިއްސުވަނީ އިބަ އިލާހަށް ބިރުވެތިވެގެންނެވެ. އަމި މިއަޅާގެ ފެނުމުގެ ޙިއްސުވަނީ އިބަ އިލާހަށް ބިރުވެތިވެގެންނެވެ. އަދި މިއަޅާގެ ލެޔާއި، މަހާއި، ކަށްޓާއި، ނާރުތައްވަނީ އިބަ އިލާހަށް ބިރުވެތިވެގެންނެވެ. އަދި މިއަޅާގެ ދެފައިގެ މައްޗަށް ބުރަވެހުރި ކޮންމެ ގުނަވަނެއްވެސް ވަނީ އިބަ އިލާހަށް ބިރުވެތި ވެގެންނެވެ.

ރުކޫޢިން ތެދުވަމުން ކިޔާ ދުޢާ

1. " سَمِعَ اللهُ لِمَنْ حَمِدَهُ

މާނަ: ﷲ އަށް ޙަމްދުކުރާ މީހުންގެ އަޑު އެކަލާނގެ އަށް އިވިވޮޑިގެންވެއެވެ.

2. "رَبَّنَا وَلَكَ الْحَمْدُ ، حَمْداً كَثِيْراً طَيِّباً مُبَارَكاً فِيْهِ "

މާނަ: އަޅަމެންގެ ވެރި ރައްބު، ގިނަގުނަ، މާތް، ބަރަކާތްތެރި އެއްމެހައި ހަމްދެއް ހުރީ އިބައިލާހަށެވެ.

3. "رَبَّنَا وَلَكَ الْحَمْدُ ، حَمْداً كَثِيْراً طَيِّباً مُبَاركَاً فِيْهِ مِلْءَ السَّمَوَاتِ وَمِلْءَ الْأَرْضِ وَمَا بَيْنَهُمَا ، وَمِلْءَ مَا شِئْتَ مِنْ شَيْئٍ بَعْدُ .أَهْلَ الثَّنَاءِ وَالْمَجْدِ،أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ ، اَللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ " .

ސަޖިދާގައި ކިޔާ ދުޢާ

1. سُبْحَانَ رَبِّيَ الْأَعْلَى  (ތިން ފަހަރު).

މާނަ: އަޅުގެވެރި އެއްމެ މަތިވެރިވަންތަ އިލާހުގެ ހުސްޠޯހިރު ވަންތަ ކަމާއެވެ.

2. سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اَللَّهُمَّ اغْفِرْ لِيْ

މާނަ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އަށް ޙަމްދު ހުއްޓެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާ ދެއްވާފާންދޭވެ.

3. سُبُّوْحٌ قٌدُّوْسٌ رَبُّ الْمَلَائِكَةِ وَالرُّوْحِ

މާނަ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. އެއިލާހީ އެންމެހައި ޢައިބު ޞިފަތަކުން ހުސްޠާހިރުވެގެންވާ އިލާހެވެ. މަލާއިކަތް ބޭކަލުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ހެއްދެވި އިލާހެވެ.

4. اَللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ،سَجَدَ وَجْهِيْ لِلَّذِيْ خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَالِقِيْنَ  .

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އިބަ އިލާހަށް ސަޖިދަ ކޮށްފީމެވެ. އަދި މިއަޅާ އިބަ އިލާހަށް އީމާންވެއްޖައީމުއެވެ. އަދި މިއަޅާ އިބަ އިލާހަށް ކިޔަމަން ގަންފީމެވެ. މިއަޅާގެ މޫނު، އެ ހައްދަވައި އަދި އޭގައި ކަންފަތާއި، ލޮލާއި އެކަލާނގެ ކުޅަދުންވަންތަކަމާއި ބާރުން ލެއްވި ފަރާތަށްޓަކައި ސަޖިދަ ކޮށްފިއެވެ. ފަހެ ޚަލްގު ކުރެއްވުމުގައި އެއްމެ ފުރިހަމަ ރަސްކަލާނގެ ﷲ މާތްވެގެންވެއެވެ.

5. " سبحان ذي الجبروت والملكوت ، والكبرياء والعظمة ".

6. " اللهم اغفر لي ذنبي كله ، دقه وجله ،وأوله وآخره ،وعلانيته وسره "

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ހުރިހާ ފާފަ އެއް ފުއްސަވާ ދެއްވާންދޭވެ. ފޮރުވިފައިވާ ފާފަ ތަކާއި ފައުޅު ވެފައިވާ ފާފަ ތަކެވެ. ކުރިންނާއި ފަހުން ކުރެވިފައިވާ ފާފަ ތަކެވެ. ސިއްރާއި ފައުޅުގައި ކުރެވިފައިވާ ފާފަ ތަކެވެ.

7. " اللهم أعوذ برضاك من سخطك وبمعافاتك من عقوبتك،وأعوذ بك منك لا أحصي ثناء عليك أنت كما أثنيت على نفسك " .

ދެސަޖިދަ ދެމެދުގައި ކިޔާ ދުޢާ

1. " رب اغفر لي ، رب اغفر لي "

މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ. މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ.

2. " اللهم اغفر لي ، وارحمني ،واهدني ، واجبرني،  وعافني،وارزقني ، وارفعني ".
މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާ ފާންދޭވެ. އަދި މިއަޅާ އަށް ރަޙްމަތް ލައްވާފާންދޭވެ. އަދި މިއަޅާ އަށް ހިދާޔަތް ދައްކަވާފާންދޭވެ. އަދި މިއަޅާ ސީދާ މަގުގައި ޘާބިތު ކޮށް ދެއްވާފާންދޭވެ. އަދި މިއަޅާ އަށް ފުރިހަމަ ޞިއްޙަތެއް ދެއްވާފާންދޭވެ. އަދި މިއަޅާ އަށް ރިޒްގު ތަނަވަސްކޮށް ދެއްވާފާންދޭވެ. އަދި މިއަޅާގެ ދަރަޖަ މަތިވެރިކޮށް ދެއްވާފާންދޭވެ.

އައްތަޙިއްޔާތު

اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ،  وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، اَللَّهُمَّ صَلِّى عَلَى مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُوْلِكَ النَّبِيِّ الْأُمِّيِّ،

وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَّجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ فِي الْعَالَمِيْنَ إِنَّكَ حَمِيْدٌ مَّجِيْدٌ،

މާނަ: އެއްމެހާ ތަހުނިޔާއެއް އަދި އެއްމެހާ އަޅުކަމާއި ހެޔޮކަމެއް ވަނީ ﷲ އަށެވެ. ނަބިއްޔާގެ މައްޗަށް ސަލާމާއި ﷲގެ ރަހުމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ. އަޅަމެންނާއި ﷲގެ އެއްމެހާ ޞާލިހު އަޅުންގެ މައްޗަށްވެސް ރަހުމަތާއި ބަރަކާތް ލައްވާށިއެވެ! ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުހަންމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައި އަޅު ހެކިވަމެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ އަޅާ އަދި ރަސޫލާ އުންމިއްޔަ ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލައްވާފާންދޭވެ.

އައްތަޙިއްޔާތުގެ ފަހުގައި ކިޔާ ދުޢާ

اَللَّهُمَّ اغْفِرْ لِيْ مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّيْ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيْحِ الدَّجَالِ، اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْمًا كَبِيْرًا كَثِيْرًا وَلَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ فَاغْفِرْ لِيْ مَغْفِرَةً مِّنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمِ.

ނަމާދުގެ ފަހުން ކިޔާ ޛިކުރުތައް

أَسْـتَغْفِرُ الله، (ތިންފަހަރު)
اللّهُـمَّ أَنْـتَ السَّلامُ ، وَمِـنْكَ السَّلَامُ ، تَبارَكْتَ يَا ذَا الْجَـلالِ وَالْإِكْـرَامِ .

لَا إِلَهَ إِلاَّ اللّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُـلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ، اَللَّهُـمَّ لَا مَانِعَ لِمَا أَعْطَـيْتَ، وَلَا مُعْطِـيَ لِمَا مَنَـعْتَ، وَلَا يَنْفَـعُ ذَا الْجَـدِّ مِنْـكَ الْجَـدُّ

لَا إِلَهَ إِلاَّ اللّهُ, وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ، لَا حَـوْلَ وَلَا قُـوَّةَ إِلاَّ بِاللهِ، لَا إِلَهَ إِلاَّ اللّـهُ، وَلَا نَعْـبُـدُ إِلاَّ إِيَّـاهُ, لَهُ النِّعْـمَةُ وَلَهُ الْفَضْلُ وَلَهُ الثَّـناءُ الْحَـسَنُ، لَا إِلَهَ إِلاَّ اللّهُ مُخْلِصِـيْنَ لَـهُ الدِّينَ وَلَوْ كَـرِهَ الكـَافِرُوْنَ

سُـبْحانَ اللهِ (ތިރީސްތިން ފަހަރު)

الحَمْـدُ لله (ތިރީސްތިން ފަހަރު)

اللهُ أكْـبَر (ތިރީސްތިން ފަހަރު)

لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير

އާޔަތުލް ކުރްސީ (اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ)

ސޫރަތުލް އިޚްލާޞް (ފަތިސް އަދި މަޣްރިބް ނަމާދަށްފަހު ތިންފަހަރު، އެހެންކޮންމެ ނަމާދަކަށްފަހު އެއް ފަހަރު)،

ސޫރަތުލް ފަލަގި (ފަތިސް އަދި މަޣްރިބް ނަމާދަށްފަހު ތިންފަހަރު، އެހެންކޮންމެ ނަމާދަކަށްފަހު އެއް ފަހަރު)،

ސޫރަތުއް ނާސި (ފަތިސް އަދި މަޣްރިބް ނަމާދަށްފަހު ތިންފަހަރު، އެހެންކޮންމެ ނަމާދަކަށްފަހު އެއް ފަހަރު)،

لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير . (ފަތިސް އަދި މަޣްރިބް ނަމާދަށްފަހުގައި ދިހަ ފަހަރު)،

اللّهُـمَّ إِنِّـي أَسْأَلُـكَ عِلْمـاً نافِعـاً وَرِزْقـاً طَيِّـباً ، وَعَمَـلاً مُتَقَـبَّلاً . (ފަތިސްނަމާދުން ސަލާމް ދިނުމަށްފަހު).
މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް ފައިދާ ކުރަނިވި ޢިލްމެއް ދެއްވާފާންދޭވެ. އަދި ޙަލާލު ރަގަޅު ރިޒްގު ދެއްވާފާންދޭވެ. އަދި މި އަޅާގެ ޢަމަލު ތަކަކީ އިބަ އިލާހުގެ ޙަޟްރަތުގައި ގަބޫލުވެގެންވާ ޢަމަލުތަކެއް ކަމުގައި ލައްވާފާންދޭވެ. والله أعلم

 

ގުޅުންހުރި

5 ޚިޔާލު

  1. ދިސް އިޒް ދަ ރިއަލް ޓުއަރިޒަމް.. ޖަސްޓް ލުކް އެޓް ދަ ސީންންން… ހާދަ ހިތްގައިމޭ.. މަންޒަރު އެހާ ފުރިހަމަ ވަނީ މާތް ﷲ ގެ ބިމުގައި އެމާތް އިލާހަށް ސަޖިދައަށް ތިރިވެ ނިކަމެތި ޙާލުގައި ތިބީތީވެ.. މާޝާ ﷲ.

  2. ނަމާދޫ ފެށެނީ ތަކުބީރުން، ނަމާދު ނިމެނީ ސަލާމުން، މީވެސް ނަމާދުގެ ދެ ރުކުން؟

  3. ވަރަށް ބޭނުންވެގެން އުޅުން ކަމެއްމިއީ. ނަމާދުގައި ކިޔާތަކެތީގެ މާނަ ދަސްކުރަން. މާޝާﷲ. ޖަޒާކަﷲ ޝައިޚް އިޔާޟް.

  4. މަށަށް މިކީމަ ނަމާދުކުރާ ގޮތް އޮޅިއްޖެ. ތައުލީމް ދިޔާނާ 1 ގައި އެ އޮތީ ނުބައިކޮށްތަ ނަމާދު ކުރާ ގޮތް؟؟؟؟؟؟؟؟؟؟

  5. އަޅުގަނޑު ދަސްކޮށްފަ ހުތިގޮތާ މިލިޔުމުގައިވާ ގޮތާ ވަރަށް ތަފާތު. އަޅުގަނޑު ދަސްކޮށްފަހުރީ ތައުލީމް ދިޔާނާ 1 ގައި ހުރިގޮތަށް. މިހުރިހާދުވަހު މިކިޔެނީ ނުބައި ކޮށްތޯ؟؟؟

Your email address will not be published. Required fields are marked *

More in ދީން