ސުވާލާއި ޖަވާބު ޝަރުޢީ ގޮތުން އެންގޭޖްމެންޓަކީ ކޮބާތޯ؟

ޝަރުޢީ ގޮތުން އެންގޭޖްމެންޓަކީ ކޮބާތޯ؟

ޝަރުޢީ ގޮތުން އެންގޭޖްމެންޓަކީ ކޮބާތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:

އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ކައިވެނި ކުރަން އެއްބަސްވެއްޖެ ނަމަ އެމީހުން އެންގޭޖްވީކަމަށް ބެލެވޭނެތޯ؟ ބައެއްފޮތްތަކުގައި އެގޮތަށް ކަންކުރިޔަސް އެންގޭޖްވޭ. ޝަރުޢީ ގޮތުން އެންގޭޖްމެންޓަކީ ކޮބާތޯ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ޝަރީޢަތުގައި ޚިޠްބާކުރުމޭ [އެންގޭޖްކުރުމޭ] ބުނެވޭ ބަހުގެ މާނައަކީ : ފިރިހެނަކު އަންހެނެއްގެ ކިބައިން ކައިވެންޏަށް އެދުމެވެ. މިކަމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ. ސޫރަތުލް ބަގަރާގެ 235 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. ( ولا جناح عليكم فيما عرضتم به من خطبة النساء ) މާނައަކީ: "އަދި، (رجعى عدة ފިޔަވައި އެހެން عدة ގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތްކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ قصد) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ."

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢާއިޝާ އަދި ޙަފްޞާ- ރަޟިޔަﷲ ޢަންހުމާ- އާއި ޚިޠްބާ ކުރެއްވިކަމަށް ޞަޙީޙިލް ބުޚާރީގައި އައިސްފައިވެއެވެ.

ޚިޠްބާ ކުރެވޭ އަންހެނާގެ މޫނަށް ބެލުމަށް ބާރުއަޅުއްވާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إذا خطب أحدكم المرأة فإن استطاع أن ينظر إلى ما يدعوه إلى نكاحها فليفعل) މާނައަކީ: "ތިޔަބައިމީހުންކުރެމީހަކު އަންހެނަކާ ޚިޠްބާ ކުރާކަމަށްވަނީނަމަ ކައިވެންޔަށް ބޭނުންވާ މިންވަރަށް އޭނާ އަށް ބަލާހުށިކަމެވެ". والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.