އަރަބިދުނިޔެ އީރާނު ބޮޑު ބާރަކަށް ވެދާނެތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފި

އީރާނު ބޮޑު ބާރަކަށް ވެދާނެތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

:

އީރާނު ބޮޑު ބާރަކަށް ވެދާނެތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިރާނުން މަސައްކަތް ކުރަމުން އަންނަނީ އަސްކަރީގޮތުން ބޮޑު ބާރަކަށްވުމަށްފަހު އިސްރާއީލާއި އެހެން ޤައުމުތަކަށް ހަމަލާ ދިނުމަށްކަމަށް ބައިނަލްއަޤްވާމީ ނިއުކްލިއަރ ހަތިޔާރު ބަލާ ފާސްކުރާ އިދާރާގެ ވެރިޔާއަށް އިޒްރޭލުންވަނީ ދާދި ފަހުން ދަންނަވާފައެވެ. އިޒްރޭލުން އިރާނުގެ ކުރިއެރުމާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ "އިރާނާއި މެދު ހަރުކަށިވާން ޖެހޭ" ކަމުގައެވެ.

އިސްރާއީލުގެ ރައީސް ޝިމޯން ޕެރޭޒް އިރާނާއި މެދު އޮތް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބައިނަލްއަޤްވާމީ ނިއުކްލިއަރ ހަތިޔާރު ބަލާ ފާސްކުރާ އިދާރާގެ ވެރިޔާ ޔުކިޔާ އަމާނޯއަށެވެ. އަބަދުވެސް އިޒްރޭލުން އިރާނާއި މެދު ޖެހިލުންވެއެވެ. އިރާނުގެ ރައީސް އިޒްރޭލު 'ނައްތާލުމަށް' ގޮވާލާ ކޮންމެ ފަހަރަކު އިޒްރޭލުން ބިރުން އުޅޭގޮތުން ގިނަ ބަޔެއްގެ ފާޑުކިޔުން އިޒްރޭލަށް އަމާޒުވެގެން ދެއެވެ.

އިޒްރޭލުން އިރާނަށް އިނގިލި ދިއްކުރާއިރު އިޒްރޭލަކީ ދުނިޔެދުށް އެންމެ ޖައްބާރު ގައުމުކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފަލަސްތީނާއި ދެކޮޅަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެކު ހިންގާ ލާއިންސާނީ އަމަލުތައް އެއީ ސިއްރުން ހިންގާ ކަންކަމެއް ނޫނެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.