ﷲ އާއިމެދު ޔަގީންކަން ވަރުގަދަ ކުރުމަށް ކުރެވޭނެ ކަމެއް ބުނެދެއްވާ؟

ﷲ އާއިމެދު ޔަގީންކަން ވަރުގަދަ ކުރުމަށް ކުރެވޭނެ ކަމެއް ބުނެދެއްވާ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސުވާލު:
ޢަޅުގަނޑުގެ ހިތަށް ބައެއްފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާއާމެދު، ބައެއްފަހަރަށް ވަރަށް ނުބައި، ގޯސް، ކާފަރު ޚިޔާލްތައް އަރައެވެ. އެކަމާ ވަރަށް ބޮޑަށް އަހަރެން ދެރަވެއެވެ. މިގޮތަށް އަންނަ ބައެއް ޚިޔާލުތަށް އަޅުގަނޑު މިތާގައި ލިޔަންވެސް ބިރުގަނެއެވެ. އަދި ނަމާދުގައި ހުންނަ ވަގުތު ތަކުގައާއި ޤުރުއާން ކިޔަވާ ވަގުތުގައި (ޚާއްސަކޮށް ކިޔަވާ ސޫރަތަކީ ނުފަރިތަ ސޫރަތެއްނަމަ) މި އުނދަގޫތަށް ބޮޑުވެއެވެ. އަބަދުވެސް ހުންނާނީ، ހިތް ނުތަނަވަސްވެ ހަސްވެ ކަންބޮޑުވެފައެވެ. ކަމެއްކުރާ ހިތެއްވެސް ނުވެއެވެ. އަބަދު ހުންނަނީ ބޮލަށް ބަރުވެ ގަބުވެފައެވެ. އާންމުކޮން ނިދަން އޮންނައިރު ނިދެމުން ނިދެމުން ދަނިކޮށް ކުއްލިއަކަށް ސިއްސާގެންގޮސް ހޭލެވޭ ފަހަރު އާދެއެވެ. މިކަމާހުރެ ނިދަން ވަރަށް ދަތިވެއެވެ. އަހަރެންނަކީ މަދަރުސާގައި ކިޔަވަން އުޅޭކުއްޖެކެވެ. މިކަން ފެށުމުގެ ކުރިން އަހަރެންނަށް ރަނގަޅު ނަތީޖާތައްލިބެއެވެ. ނަމަވެސް މިހެން ވާންފެށިފަހުން ނަތީޖާ ކުރިއަށް ވުރެ ބޮޑުތަން ދަށްވެއްޖެއެވެ. ޚާއްސަކޮށް އިސްލާމީ ތަރުބިޔަތު ފާހަގަ ކޮށްލެވެއެވެ. އާންމުކޮން ނިދަން އޮންނައިރު ނިދެމުން ނިދެމުން ދަނިކޮށް ކުއްލިއަކަށް ސިއްސާގެންގޮސް ހޭލެވޭ ފަހަރު އާދެއެވެ. މިކަން މިގޮތަށް ވާނަމަވެސް އަހަރެން ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދަމެވެ.. ޢަޅުގަނޑުގެ ސުވާލަކީ މިގޮތަށް ހިތަށް އަރާ އެއްޗެއްގެ ސަބަބުން ޢަޅުގަނޑަށް ޢަޒާބު ލިބޭނެތޯއެވެ؟ އަދި މި ޚިޔާލު ތަކާއި ދުރުވުމަށް ހަދާނި ކިހިނެއްހެއްޔެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ދާއިމީ ގޮތެއްގައި ވަރުގަދަ އީމާންތެރި ކަމެއްގައި ދެމި ހުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބައިވަރެވެ. އޭގެ ތެރޭގައި:

1.     ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނަ އާއި މެދުގައި ފުންކޮށް ވިސްނުން. ގުރްއާނުގައި އައިސްފައިވާ ސުވަރުގެ އާއި ނަރަކައިގެ ވާހަކަ ތަކާއި ނަބީ ބޭކަލުންގެ ވާހަކަ ތަކާއި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަ ހިތްމައްޗަށް ގެނައުމުން އިންސާނާގެ އީމާންކަން ވަރުގަދަވެގެން ދާނެއެވެ.

2.      ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތު ދިރާސާ ކުރުން. އަދި ޞަޙާބީންގެ ދިރިއުޅުން ބައްޓަން ކުރެއްވި ގޮތުގެ ވާހަކަ ތައް ކިޔާ އެވާހަކަ ތަކާއި މެދުގައި ވިސްނާ ފިކުރުކުރުން. މީގެ އިތުރުން ޞާލިޙް ރަގަޅު ބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލް ކުރުން.

3.      ތިމާގެ ނަފްސުގެ ޢަމަލުތައް އަމިއްލަ އަށް ޙިސާބުކޮށް، މަރުވާނެ ކަން ހަނދާން ކުރުން. އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ ޢަމަލުތަކަށް މާތް ﷲ ޙިސާބު ބައްލަވާނެކަން ހިތްމައްޗަށް ގެނައުން.

4.      ތިމާގެ އެކުއުޅޭ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަގަޅު ރަޙްމަތްތެރިން ކަމުގައި ހެދުން. ސަބަބަކީ ވަރަށް ގިނަފަހަރަށް އެކުއުޅޭ މީހެއްގެ ސަބަބުން އިންސާނާގެ ޢަމަލުތަކަށް ބަދަލު އަންނާތީއެވެ.

5.      ދީނީ ދަރުސްތަކަށް ޙާޟިރުވެ، ދީނީ މަޢްލޫމާތު ގެ ޚަޒާނާ މުއްސަންދި ކުރުން. އަދި ދީނީ މަޢްލޫމާތު ގިނަގިނައިން ހޯދައި ދިރާސާ ކޮށް ހެދުން.

6.      ރޭޑިޔޯ ޓީވީ އިން އަންނަ ދީނީ ޕްރޮގްރާމް ތައް ބަލާ އަޑުއަހާ ހެދުން.

މި ނޫންވެސް އެތައް ކަމެއް އީމާން ކަން ވަރުގަދަ ކުރުމުގެ ގޮތުން ކުރެވިދާނެއެވެ. ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާ ބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މާތް ﷲ އަޅުގަޑަށާއި ތިޔަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚްތުންނަށް ހެޔޮ ތައުފީގް ދެއްވާ އަޅުގަޑުމެންގެ އީމާންކަން ވަރުގަދަ ކޮށްދެއްވާށި. އާމީން. والله أعلم

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.