ރާއްޖޭގެ ޚަބަރު

ޖަމްޢިއްޔަތުއް ސަލަފާއި ރޭޑިއޯ އެޓޯލްއިން ގުޅިގެން ދީނީ ޕްރޮގްރާމެއް ފަށައިފި

ޖަމްޢިއްޔަތުއްސަލަފްއާއި ރޭޑިއޯ އެޓޯލް ގުޅިގެން މުޅިން އައު ޕްރޮގްރާމެއް. “ޢުޔޫނުލްޤުރްއާން

ޖަމްޢިއްޔަތުއް ސަލަފާއި ރޭޑިއޯ އެޓޯލްއިން ގުޅިގެން ދީނީ ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހު 18 ވަނަ ދުވަހުގެ ރެއިން ފެށިގެން މުޅިން އަލަށް ފެށި މިޕްރޮގްރާމަކީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރޭ 10 އަކުން 11 ޖަހަންދެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

“ޢުޔޫނުލްޤުރްއާން” ގެ ނަމުގައި ކުރިއަށް ގެންދާ މިޕްރޮގްރާމްއަކީ ކީރިތި ޤުރްއާނުގެ ތަފްޞީރު ހުށައަޅައި ދިނުމުގެ މަޤްޞަދުގައި ގެނެސްދޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް ގެނެސްދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ރައީސް  އައްޝައިޚްޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ.

އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާކަމަށް ޚަބަރުލިބެއެވެ. އެގޮތުން މިއީ ޤުރުއާންގެ ތަފްސީރު ގެނެސްދިނުމަށް މިހާތަނަށް ފެށި ފުރަތަމަ ޕްރޮގްރާމްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
“ޢުޔޫނުލްޤުރްއާން” ގެ ފުރަތަމަ ޕްރޮގްރާމް އެކުގައި ރާއްޖެއިސްލާމް.ކޮމްގައި ވަނީ ޢާންމުކޮށްފައެވެ.

ރާއްޖޭގެ އަމިއްލަ ރޭޑިއޯތަކާއި ގުޅިގެން ދީނީ ޖަމިއްޔާތަކުން ދަނީ ތަފާތު ޕްރޮގްރާމްތައް ފޮނުވަމުންނެވެ. އެގޮތުން މުސްލިމުންގެ ގުޅުމާއި ދިއެފްއެމް ގުޅިގެންވެސް ދީނީ ޕްރޮގްރާމެއްދަނީ ގެނެސްދެމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *