ހައްދުފަހަނައަޅާފައިވާ ޝީޢީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ ހޫޘީ ޖަމާޢަތުން ޙިޞާރުކޮށްފައިވާ ޔަމަނުގެ ދައްމާޖުގައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމަށް ދައްމާޖުގެ ދީނީ ތަޢުލީމުދޭ މަޝްހޫރު ސުންނީ މަރުކަޒެއްކަމުގައިވާ ދާރުލްޙަދީޘުން މުސްލިމް ޤައުމުތަކަށް ގޮވާލައްވައިފިއެވެ.
އައްޝަރްޤުލް އައުސާތް ނޫހަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ދާރުލްޙަދީޘްގައި ކިޔަވާދެއްވާ ދީނީ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް ހުސައިން އަލް-ޙަޖޫރީ ވިދާޅުވިގޮތުގައި ހައްދުފަހަނައަޅާފައިވާ ޝީޢީންގެ ޓެރަރިސްޓް ޖަމާޢަތުން ދައްމާޖު ޙިޞާރުކޮށް އެވާދީއަށް ކާބޯތަކެއްޗާއި، ފެނާއި އަދި ބޭސްެއެތެރެކުރުން ވަނީ މަނާކޮށް މަގުތައް ބަންދުކޮށްފައެވެ.
"5000 ޔަމަނީ ރިޔާލުން (23 ޑޮލަރު) 30000 ރިޔާލަށް (140 ޑޮލަރު) ފުށް ބަސްތާއެއްގެ އަގު މިހާރު އަރައިފި. އަދި ގިނަ ފިހާރަތަކުން ފުށްވަނީ ހުސްވެފައި. މިހާރު ދައްމާޖުގެ ގިނަ މީހުން މިއުޅެނީ ހަމައެކަނި ހުސް ރޮށި ކައިގެން،" ޝައިޙް ހުސައިން ވިދާޅުވިއެވެ.
"ބޭސްފަރުވާއަށް ހުރަސްއަޅާފައިވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ މަރުވެފައި. ޙޫޘީން އަހުރެމްނާއި ހަނގުރާމަ ކުރަނީ އެބައިމީހުންގެ މަގުފުރެދިފައިވާ ޢަޤީދާއަށް ތަބާނުވާތީ. އެމީހުން ބޭނުންވަނީ މިތަނުގައިވާ ސުންނަތުގެ އަހްލުވެރިން މަޖްބޫރުން އެމީހުންގެ މަރުގޯސް ރާފިޟީ ޢަޤީދާއަށް ބަދަލުކުރަން. އެމީހުން ބޭނުންވަނީ ލުބްނާނުގައިވާ ޙިޒްބުﷲ ފަދަ ބަޔަކަށްވުމަށްޓަކައި. ދަޢުލަތުގެ ތެރެއިން ދަޢުލަތެއް ޤާއިމްކުރުމަށް." އޭނާ ހާމަކުރެއްވިއެވެ.
ޚަބަރުލިބިފައިވާ ގޮތުގައި ކާބޯތަކެއްްޗާއި ބޭހަށް ޖެހިފައިވާ ތަދުމަޑުކަމުގެ ސަބަބުން އިއްޔެވަނީ 8 ކުޑަކުދިން މަރުވެފައެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވީ 3 މީހަކުވެސް ވަނީ މަރުވެފައެވެ.
އައްޝަރްޤުލް އައުސާތުން ހާމަކުރިގޮތުގައި ޔަމަނުގެ ޤަބީލާތަކުންނާއި، ޔަމަނުގައި ހުންނަ ރެޑް ކްރޮސް ޖަމާޢަތުންވަނީ ދައްމާޖަށް އެހީ ފޯރުކޮށްދޭން މަސައްކަތްކޮށްފައިކަމަށާއި ނަމަވެސް ޙޫޘީންވަނީ އެކަމަށް ހުރަސްއަޅާފައެވެ. ޔަމަނުގެ ރެޑް ކްރޮސްގެ ތަރުޖަމާނު ރްބާބް އަރްރިފާޢީއަށް ހަވާލާދީ އެނޫހުން ހާމަކުރިގޮތުގައި އެޖަމާޢަތުން މިހައިތަނަށް ކުރި މަސައްކަތްވަނީ ނާކާމިޔބުވެފައެވެ.
ޔަމަނުގެ ނޫހެއްކަމުގައިވާ މަޢުރިބް ޕްރެސްއިން ހާމަކުރިގޮތުގައި ޔަމަނުގެ ޤަބީލާތަކުން ދަައްމާޖަށް އެހީތެރިވެދިނުމަށްޓަކަައި ދިޔަ ކާބޯތަކެތީގެ ޤާފިލާ ޙޫޘީން ހުއްޓުވާފައިވަނީ އޭގައި ހަތިޔާރު ހުރިކަމަށްބުނެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގެ ދީނީ ޢިލްމުވެރިންދަނީ ޔަމަނުގައިވާ ދައްމާޖަށް އެހީވުމަށް މުސްލިމުންނަށް ގޮވާލައްވަމުންނެވެ. އަދި ޝީޢީންގެ ވަކިތަކުން ދައްމާޖުގައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ނަޞްރުދެއްވުން އެދި ދުޢާކުރެއްވުމަށްވެސް ޢިލްމުވެރިން ދަނީ ގޮވާލައްވަމުންނެވެ.
މީގެ އިތުރުން މަޝްހޫރު ޤާރީ މިޝަރީ ރާޝިދް އޭނާގެ ޓްވިޓަރ އެކައުންޓުގައި ދައްމާޖަށް އެހީވުމަށް ވަނީ ގޮވާލައްވާފައެވެ.


















advertisment
ޚިޔާލު