އަޒަރްބައިޖާންގައި ހިންގަމުންގެންދިޔަ އިޒްރޭލްގެ ނެޓްވޯކެއްގެ ބައެއްގެ މައްޗަށް ޔުކްރޭންގެ ޚާއްޞަ ކޯޓެއްގައި ދަޢުވާ އުފުލައިފިއެވެ. ހަމީހުންގެ މައްޗަށް އެކުލެވޭ މިނެޓްވޯކުންވަނީ އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައް ނަގައި އެގުނަވަންތައް ވިއްކާފައެވެ.
މި ހަމީހުންގެ ތެރެއިން ތިން މީހުންނަކީ އެޤައުމުގެ ވެރިރަށް ބަކޫގައި ކްލިނިކެއް ހިންގަމުންދިޔަ ތިން މީހުންނެވެ. އެއްވެސް ކަހަލަ ޞިއްޙީ ތަމްރީނެއް ފުރިހަމަކޮށްފައިނުވާ އިޒްރޭލުގެ މީހަކު އިސްވެހުރި މި ހޮސްޕިޓަލުން ވިއްކަމުންދިޔައީ އަޒަރްބައިޖާންގެ ކުޑަކުދިންގެ ގުނަވަންތަކެކެވެ. އަދި އެމީހުންގެ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ މިކްލިނިކެވެ.
ޔުކްރޭންގެ ރަސްމީ ފަރާތަކުން ހާމަކުރެއްވި ގޮތުގައި މި ނެޓްވޯކްގެ މައްޗަށް 25 ގުނަވަން ވިއްކި ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންނަމަވަސް، ހަގީގީ އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ޤަބޫލުކުރެވޭކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ. މިކަން ހިނގާފައިވަނީ އަޒަރްބައިޖާންގައި ކަމަށްވީނަމަވެސް، ޒައިނިސްޓް އިޒްރޭލާ ދޭތެރޭ އޮތް ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށްޓަކައި އަޒަރްބައިޖާންގެ އެއްވެސް ނޫހެއްގައި މިމައްސަލަ އަދި ރިޕޯޓްކޮށްފައިނުވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތް ޔުކްރޭންގައި ކުރިއަށް ގެންދަނީވެސް، އިޒްރޭލްގެ ސަރުކާރުން މަދަދު ލިބޭ މިނެޓްވޯކުން ކޮށްފައިވާ އެހެނިހެން ކުށްތައްވެސް ހާމަވިޔަނުދިނުމަށްކަމަށް ބެލެވެއެވެ.
ސިޔާސީ މުޙައްލިލުން ހާމަކުރައްވާގޮތުގައި މިފަދަ ކަންތައްތައް ކުރަން އިޒްރޭލުން ފަސްނުޖެހޭ މައިގަނޑު ސަބަބަކީ އިޒްރޭލާ ގާތްގުޅުމަށް އުފެއްދުމަށް އަޒަރްބައިޖާނުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.
އިޒްރޭލްގެ މިފަދަ ނެޓްވޯކްތައް މީގެ ކުރީންވެސް އަތުލައިގެންފައިވެއެވެ. އެގޮތުން، 2010 ވަނަ އަހަރުގެ އޮގަސްޓް މަހު ޔުކްރޭންގެ ފުލުހުންވަނީ އިޒްރޭލުން ހިންގަމުންދިޔަ މިފަދަ ނެޓްވޯކެއް އަތުލައިގެންފައެވެ. މައިގަނޑުގޮތެއްގައި ކިޑްނީ ވިއްކަމުންދިޔަ މިނެޓްވޯކުންވަނީ ފަޤީރު ޒުވާން އަންހެންކުދިންގެ ކިޑްނީ 10,000 އެމެރިކާ ޑޮލަރަށް ގަނެ އިޒްރޭލަށް ފޮނުވާފައެވެ. މިޖަމާޢަތުން އެކިޑްނީތައް ވިއްކާފައިވަނީ 140,000 އެމެރިކާ ޑޮލަރަށެވެ. އެހެންނަމަވެސް، ގުނަވަން ވިއްކި ފިލިޕީންސާއި އަޒަރްބައިޖާންގެ މީހުންގެ ތެރެއިން ބައެއް މީހުންނަށް އެއްވެސް ފައިސާއެއް ލިބިފައެއްނުވެއެވެ.
_____
މަޞްދަރު: ޕްރެސްޓީވީ


















ޚިޔާލު