ޤާޒާ އަށް އެހީ ހިފައިގެން އައި ބޯޓަށް ހަމަލާދީ ބަޔަކު މަރުވި މައްސަލާގައި މައާފަށް ނޭދޭނެކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުން މިހެން ބުނެފައިވަނީ ޤާޒާ އަށް އެހީ ހިފައިގެން އައި ބޯޓަށް ހަމަލާދީ ބަޔަކު މަރުވި މައްސަލާގައި މައާފަށް އެދެން ޖެހޭނެކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އިޒްރޭލުން ބުނެފައިވަނީ އެހީ ހިފައިގެން އައި ބޯޓަށް ހަމަލާ ދިނީ 'އަމިއްލަ ދިފާއުގައި' ކަމަށާއި ބަޔަކު މަރުވީތީ 'ހިތާމަކުރާ' ކަމަށެވެ.
ފަހަކަށް އައިސް މިމައްސަލާގައި އިޒްރޭލާއި ތުރުކީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައެވެ. ދާދިފަހުންވަނީ އިޒްރޭލާއި އެކު ތުރުކީއިން ސިއްރު ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި އިޒްރޭލުން ތުރުކީގެ ކިބައިން މައާފަށް އެދުމަށް ތުރުކީއިން ވަނީ ގޮވާލާފައެވެ.
ޤާޒާ އަށް އެހީ ހިފައިގެން އައި ބޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުގެ މީހުން ހިމެނެއެވެ. އެހުރިހާ އެންމެންވެސް އިޒްރޭލުގެ ލާއިންސާނީ އަމަލުވަނީ ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުގައިވެސް މިލާއިންސާނީ އަމަލާއި ދެކޮޅަށް ވަނީ މުޒާހަރާތައް ބާއްވާފައެވެ. އިޒްރޭލުގެ ސިފައިން 'އަމިއްލަ ދިފާއުގައި' ހަމަލާ ދިންކަމަށް ބުނާއިރު ބޯޓުގައި 'ހުދުދިދަ' ނަގާފައިވަނިކޮށް އިޒްރޭލު ސިފައިން ވަނީ ވައިގެ މަގުންނާއި ކަނޑުން އެބޯޓަށް އަރާ ހަމަލާ ދީފައެވެ.

















ޚިޔާލު