ސިރީ އަކީ އައިއޯއެސް ފަހެއްގައިވާ އެންމެ ފާހަގަ ކޮއްލެވޭ ޙިދުމަތެވެ. ޓެކްނޮލޮޖީގެ ސަބަބުން ގެނުވި ކަންނެތްކަމަށް އިތުރު ކަންނެތްކަމެއް ގެނުވި ޙިދުމަތެކެވެ. އިނގިލިން ފޯނުގެ ސްކްރީނުގައިވާ ފިތަކަށް ފިތާލުމަށްފަހު ބޭނުންވާ ކަމެއް ސިރީ ކައިރީ އެހުމުން ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެކަން ކޮއްލުމުގެ ގާބިލުކަން ސިރީއަށް ލިބިފައިވެއެވެ. އެގޮތުން ސިރީއާއި ވާހަކަ ދައްކައިގެން މެސެޖް ފޮނުވުމާއި، ކަންކަން ޝެޑިއުލް ކުރުމާއި މީހަކަށް ގުޅާލަށް ބޭނުންނަމަ ސިރީކައިރީ "ކޯލް" ދެން އެމީހެއްގެ ނަން ބުނުމުން ގުޅާލަދެއެވެ. މިސާލަކަށް "ކޯލް ވައިފް" މިހެން ބުނުމުން އަންހެނުންނަށް ގުޅާލަދެއެވެ. އާންމުކޮން ވާހަކަ ދައްކާ އުސޫލުން ސިރީއާއި ވާހަކަ ދެއްކެއެވެ. ބޭނުންވާ މަޢުލޫމާތެއް އިންޓަރނެޓް މެދުވެރިކޮން އަމިއްލައަށް ހޯދާ އެމަޢުލޫމާތު އަރުވައެވެ. ބުނާބަހާއި ދައްކާ ވާހަކައިގެ މާނައިގޭއިރު ރައްދުގައި ވާހަކަ ދައްކައެވެ. ބޭނުންކުރަން ފަސޭހަ ސިރީއިން ވަރަށް ގިނަކަންކަން ފަސޭހަ ކޮއްދީފިއެވެ. މިސާލަކަށް މެޖެޖް ނުވަތަ ނޯޓު ޓައިޕްކުރަންނަގާ ވަގުތުގެ އެތަށް ތަނެއް ލުއިވެއްޖެއެވެ. މެސެޖްގައި ލިޔަންބޭނުންވާ އިބާރާތް ކިޔާލުމުން ސިރީއިން އަމިއްލައަށް ޓައިޕް ކޮއްލައެވެ. ވެބް ސާރޗް ކުރުމާއި ފޭސްބުކް، ޓުވިޓާރ ސްޓޭޓަސް އަޕްޑޭޓް ކޮއްލުން ފަދަ ކަންކަން ތިންވަނަ ބައިވެރިންނާއެކު ތަރައްގީވެގެން ދާނެއެވެ. މަޝްޙޫރު 20 ބަހުރުވަ ސިރީ ދަނެއެވެ. މިފަދަ ގޮތަކަށް ބޭނުންކުރާ ތަފާތު ޙިދުމަތްތަކެއް އެންޑްރޮއިޑް އަދި ވިންޑޯރސް ފޯނުގައިވެސް ހިމެނެއެވެ.

















ޚިޔާލު