އަރަބިދުނިޔެޝަޚުސިއްޔަތު

އެންމެފުރަތަމަ ނޯބަލް ޕްރައިސްލިބުނު ޢަރަބި މުސްލިމު އަންހެނާ توكل كرمان

މިދިޔަ ހުކުރު ދުވަހު ނޯބަލް ޕްރައިސް އިނާމު ލިބުނު އިޢުލާނުވެގެންދިޔަ އަންހެނުންގެ ތެރޭގައި ހިމެނޭ  މުސްލިމު ޢަރަބި އަންހެނަކީ ޔަމަނުގެ ރައްޔިތެއްކަމުގައިވާ ތަވައްކަލް ކަރްމާނެވެ. ލައިބޭރިޔާގެ ރައިސާ އެލަން ޖޯންސަން ސަރލީފް އާއި އެ ޤައުމުގެ ރައްޔިތެއްކަމުގައިވާ ލިމް ގޮބްވީ މިދެ އަންހެނުން ބައިވެރިވާގޮތުގައި ދެވިފައިވާ އިނާމެކެވެ.

1901 ފެށިގެން އެކިއެކި ރޮނގުން ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވެމުން އަންނަ ބައިނަލް އަޤުވާމީ އިނާމް ނޯބަލް ޕްރައިސް މިހާތަނަށް 15 އަންހެނުން ހޯދާފައިވެއެވެ.

ތަވްކަލްކަރުމާނަގެ ބައްފައަކީ ޤާނޫނީ އަދި ސިޔާސީ މީހެއްކަމުގައިވާ ޢަބްދުއްސަލާމް ޚާލިދު ކަރްމާނީއެވެ. ތަވައްކަލް އުފަންވީ 1979 ގައި ޔަމަންގެ ވިލެޖެއްގައެވެ. ބައްޕަގެ މަސައްކަތް އެ ޤައުމުގެ ވެރިރަށް ޞައްޢާގައި އޮތުމާއެކު ޢާއިލާ ވެރިރަށަށް ބަދަލުވެ ދިރިއުޅެއްފެށިއެވެ. ވުމާއެކު އެއްމެފުރަތަމަ ތަޢުލީމު ޙާޞިލްކުރެއްވީ ވެރިރަށުންނެވެ. ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިންނެވެ. އެއީ ބިޒްނަސްރޮނގުންނެވެ. މާސްޓާރސް ޑިގްރީ ނިންމާފައިވަނީ ޞައްޢާ ޔުނިވަރސިޓީއިން ސިޔާސަތާއި ބެހޭ ޢިލްމުގެ ރޮނގުންނެވެ. އަދި ހަމައެޔުނިވަރަސިޓީއިން ޑިޕްލޮމާ ޓީޗިން ހައްދާފައިވެސްވެއެވެ. މީގެ އިތުރުން ކަރްމާން އިންވެސްޓިގޭޓިވް ޖޯނަލިޒަމްގެ ރޮނގުން ވެސް ޑިޕްލޮމާއެއް އެމެރިކާއިން ހޯދާފައިވެއެވެ.

ތިންދަރިންގެ މަންމައެއްކަމުގައިވި ތަވައްކަލް ކަރުމާންއަކީ ލީޑަރެކެވެ. ޔަމަނުގެ ސަރުކާރުގެ ފާސިދު އިންތިޒާމިއްޔާއާދެކޮޅަށް ޒުވާނުން ހިންގާ ޘަވްރީ ޙަރަކާތުގެ މަޝްހޫރު ޤާއިދެކެވެ. އަދި ޙައްޤުތައް ޙިމާޔަތްކުރާ ވަރަށްގިނަ ޖަމްޢިއްޔާތަކާއި މަސައްކަތުގެ މީހުން ތަމްސީލުކުރާ ޙަރަކާތްތަކުގެ މެންބަރެކެވެ. އައްތަޖައްމުޢުލް ޔަމަނީ ލިލްއިޞްލާޙް ގެ ޝޫރާގެ މެންބަރެއްމެއެވެ. ޔަމަންގެ އަންހެން ނޫސްވެރިންގެ  ޖަމްޢިއްޔާ ގެ ރައީސާވެސްމެއެވެ. ކަރްމާންއަކީ ސިޔާސީ ލީޑަރަކަށްވުރެ ބޮޑަށް މައިދާނީ ލީޑަރެއްކަމުގައި ޔަމަނުގެ މީހުން ސިފަކުރެއެވެ. ޔަމަންގައި ހަނުހިމޭން މުޒާހަރާތައް ފެށުނީންސުރެ އެމުޒާހާރަތަކުން ބައިވެރިވަމުން އާދެއެވެ.

ކަރްމާނީ ފާހަގަވެފައިވަނީ ކެރޭ ހީވާގި ބިރުކުޑަ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އަދި އޭނާގެ އިސްލާޙީ ޢަމަލުތަކާއި ދީނީ ހޭލުންތެރިކަމުގެ އިތުރުން ސިޔާސަތު އިސްލާޙަށް ސާފުކޮށް ގޮވާލައި ގޮވާލުންތަކުގެ ތެރެއިންނެވެ.2009 ގައި 80 އަށްވުރެ ގިނަ ހިނގާލުން ލީޑްކޮށްފައިވެއެވެ. 2009 އާއި 2010 ގައި 80 ގިނަ ހިނގާލުންޤިޔާދަތު ކޮށްފައިވެއެވެ. އަދި 2008 ގައި 5 ، 2007 ގައި 2006 އިޢުތިޞާމް ލީޑްކޮށްފައިވެއެވެ.

އެމެރިކާގެ ޓައިމް މެގަޒިން 2011 ގައި އެންމެ ނުފޫޒްގަދަ މީހުންގެ ލިސްޓުގައި 13 ވަނައަށް ހިމަނާފައިވަނީ ތަވައްކުލް ކަރުމާނުގެ ނަމެވެ.

ވަރަށް ގިނަ މަޒްމޫނުތަށް ލޯކަލް ނޫސްތަކާއި ބޭރުގެ މަޖައްލާތަކުގައި ލިޔުއްވާފައިވާ ކަރުމާން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2006 އާއި 2007 ޔަމަންގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ނިކުތުމަށް ހިތްވަރުދިނުމާގުޅިގެންނެވެ. ލިޔުންތެރިކަމާއި މުޒާހަރާތަކުގެ އިތުރުން ތަފާތު އެގިބައްދަލުވުންތަކުގައި އަމަލީގޮތުން ޙަރަކާތްތެރި ވެފައިވެއެވެ.

23 ޖަނަވަރީ 2011 ގައި އެއްވުންތަކާއި ހިނގާލުންތައް އިންތިޒާމުކުރުމުގެ ތުހުމަތުގައި އަދި ހަމަނުޖެހުން އުފެއްދުމުގެ ނަމުގައި ޔަމަނުގެ ސަރުކާރުން އޭނާ ހައްރުކޮށްފައިވއެވެ. ނަމަވެސް އެއްދުވަސްފަހުން ދޫކޮށްލިއެވެ.  އެއީ އޭނާ ހައްޔަރުކަމާއި ގުޅިގެން ފެށިގެންދިޔަ މުޒާހަރާތަކާއި ދެކޮޅުހެދުންތައް އިތުރުވެގެންދާންފެށުމުންނެވެ.

ގުޅުންހުރި

7 ޚިޔާލު

  1. سبحان الله. މީ ދެން ކޮންކަހަލަ ލިޔުމެއް. “މުސްލިމު ޢަރަބި” މީހެކޭ ކިޔާފަ ކޮންމެ ގޮތަކަށް އުޅޭ މީހެއްގެވެސް ވަނަވަރު އޭނާ ކުރާ ވިޔާ ނުދާ ޢަމަލުތަކާއެކު އެކަންކަމަށް ޘަނާ ކިޔަމުން ވެބްސައިޓްތަކުގަ ލިޔަންވީތަ. ނޯބަލް ޕްރައިޒޭ ބުނީމަ އެ ލިބޭ މީހާއަކީ މާ ގަދަ މީހަކީތަ؟ އެވެސް ހަމަ މުސްލިމު އަންހެނެކޭ ބަލަ، އުޅެން ހެޔޮ ވާގޮތްތަ އެއީ. ވިސްނާލަބަލަ ނިކަން މުސްލިމު މުއުމިނު އަންހެހުން އުޅެންވާ ގޮތުގެ ވާހަކަ އަހަރުމެންނެއް ނޫންތަ ދައްކަނީ…!

  2. އޭނާ ގަދަވީމައެއް ނޫންތަ އެފަދަ އެއްޗެއްވެސް ލިބޭނީ؟ އަޅުގަނޑު ބަލަނީ މިއީ މުސްލިމް އަންހެނުން “ތަރައްޤީ” ކުރަން އުޅޭ މީހުންގެ މޫނަށް ލިބުނު ވަރުގަދަ ވީއްލާލުމެއްކަމަށް. ޙިޖާބް އެޅީމަ ތިބެނީ “އޮޕްރެސް” ވެފައޭ، ތަޢުލީމެއް ނުދީ ބައިތިއްބަނީ ހުސް ގޭގައޭ ބުނާ މީހުންނަށް ލިބުނު ފިސާރި ގަދަ ރައްދެއްކަމަށް. އަޅުގަނޑުމެން މުސްލިމް އަންހެނުން މަޑުން ތިބެންވެއްޖެއްޔާ މޫނުބުރުގާ އެކަންޏެން ނޫން، މުޅި ޙިޖާބުވެސް ނިގުޅައިގަނެ އޮރިޔާންކޮށްލާ ނުބައި ކާފަރުންގެ އަންހެނުން ފަދައިން އަބުރާއި ޢިއްޒަތެއް ނެތް ބަޔަކަށް ހަދާލަފާނެ. އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރެއިން މިފަދަ ކަންކަމެއް ނުކުރެވޭނެތަ؟!

  3. އަންހެނަކު އެފަދައިން އުޅުނީމަ ކޮބާތޯ އޭނާގެ އަބުރާ ޢިއްޒަތް؟؟؟ ކިހިނެއްތޯ ވިސްނުން ތިހުންނަނީ. ވެރިމީހާއަށް ދެކޮޅަށް މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭޖަހާ. ބަަލަ މިއިން ކޮންމެ ކަމެއްގަވެސް މުސްލިމުން ޢަމަލުކުރަންޖެހޭ އުޞޫލުތަކެއް ސުންނަތުން އެބައޮތޭ. ތި ނޯބަލް ޕްރައިޒާ އެހެން އެއްޗަކާ ތީ ކޮން ބައެއްގެ ޕްރިޕެގެންޑާއެއްތޯ ފުރަތަމަ ބަލާބަލަ، މުސްލިމު ނުވިސްނޭ ދަރިންގެ ބޯކާން. އަހަރުމެންނަށް އޮތީ ދީނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައަލަމައާ ޞަޙާބީން ތިބި ގޮތުގެ މަތިން ހިނގުން. ﷲ އެއީ އަހަރުމެންގެ ވަލިއްޔު. އަލްޙަމްދުލިﷲ

  4. ާތިކަހަލަ އިނާމު މުސްލިމުންނަށް އާންމުކޮށް ލިބެނީ ކާފަރުންގެ ރުހުން ލިބުނީމަ… އިސްލާމީ އުސޫލްތަކާ ދުރު ވީ ވަރަކަށް އެބައިމީހުންގެ ރުހުން ލިބޭނެ…ހާއްސަކޮށް މުސްލިމު އުހުތުންނަށް.. ޙިޖާބް އެޅީމަ ތިބެނީ “އޮޕްރެސް” ވެފައޭ ބަޔަކު ކިޔަާތީ އެއީ ދޮގެއްކަން ސާބިތު ކުރަން އަހަރުމެން މުސްލިމުން ނުޖެހޭނެ އިސްލާމި ތަރަހައިން ބޭރުވާކަށް..އެބައިމީހުން ރުހޭނީ ދީން ދޫކޮށްލީމަ އެކަނި…

  5. “މުހައްމަދު”ގެ ކޮމެންޓަށް ތާއީދުކުރަމެވެ. ގިނަ ފަހަރަށް ޣައިރު މުސްލިމުންގެ ތާއީދު ފާޅުގޮތެއްގައި މުސްލިމަކަށް (ނަމެއްގައި މުސްލިމް މީހަކަށް ވިޔަސް) ދެނީ އެމީހުންގެ ރުހުން ލިބޭފަދަ ނުވަތަ ޣައިރު މުސްލިމުންގެ ކޮންމެވެސް މަޤްޞަދެއް ޙާޞިލް ކުރުމަށް މަގުފަހިކޮށްދޭފަދަ ކަމެއް ކުރާތީ ނުވަތަ އެޤަޞްދުގައި ނޫނަސް އެފަދަ ކަމެއް ކުރެވޭތީއެވެ. ޙަޤީޤީ މުސްލިމަކަށް މިފަދަ އެއްވެސް “ޝަރަފަ”ކީ މާބޮޑު އެއްޗަކަށް ވެގެން ނުވާނެއެވެ. މުސްލިމަކަށް މިފަދަ “ޝަރަފެ”އް ލިބޭނަމަ ތިމާގެ ޢަމަލުތައް ކައިރީ އިސްލާމްދީނާތޯ ނުވަތަ ޣައިރު އިސްލާމީ ފިކުރުތަކާތޯ އެމީހަކު ޔަޤީންކޮށްލުމަކީ ވަރަށް މުހިންމެވެ.

  6. *މުސްލިމަކަށް މިފަދަ “ޝަރަފެ”އް ލިބޭނަމަ ތިމާގެ ޢަމަލުތައް ކައިރީ އިސްލާމްދީނާތޯ ނުވަތަ ޣައިރު އިސްލާމީ ފިކުރުތަކާތޯ އެމީހަކު ޔަޤީންކޮށްލުމަކީ މުހިންމު ކަމެކެވެ.

  7. މުސްލިމް އަންހެނަކަށް ނޯބެލް ޕްރައިސް ލިބެން ވެސް ނޭދެނީތަ؟

Your email address will not be published. Required fields are marked *