ސުވާލު :
އަޅުގަނޑުގެ ސުވާލަކީ "ހިތުގައި އީމާންތެރިކަން ގަދަކޮށް ﷲ ތާއާލާއަށް އެންމެ ފުރިހަމަގޮތުގައި ބޯލަބައި ކިޔަމަންގަތުމަށް ހަދާނީ ކިހިނެއްތޯއެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
އަޅުކަންތަކުގައްޔާއި ހެޔޮ ޢަމަލު ކުރުން މަތީ ދެމިހުރުމަށް ބާރު ލިބިދޭނެ އެންމެ މުހިންމު އެއް ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން އުފެއްދެވި މަގްޞަދު ހިތްމައްޗަށް ގެނައުމެވެ. (وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ) މާނައަކީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ". އަޅުގަޑުމެންގެ އެނބުރި ދިޔުން އޮތީ މާތް ﷲ ގެ ޙަޟްރަތަށެވެ. އެދުވަހުން އަޅުގަޑުމެން ދުނިޔެމަތީގައި ކުޅަ ޢަމަލު ތަކުގެ ޙިސާބު ކިތާބު ބެއްލެވޭނެއެވެ. ރަގަޅަށް އުޅެފައިވާނަމަ ސުވަރުގެ އެވެ. ގޯސްކޮށް އުޅެފައިވާނަމަ ނަރަކަ އެވެ. ހެޔޮ ޢަމަލު ކުރާ މީހަކާއި ގޯސް ޢަމަލު ކުރާ މީހަކާއި ދެމީހުން އެއްވަރު ނުވާނެކަން ދަންނަން ޖެހޭނެއެވެ. ޙާތިމުލް އަޞައްމު އޭ ކިޔުނު ބޭކަލަކު ވިދާޅުވެފައިވެއެވެ. (علمت أن عملي لن يعمله غيري فأنا مشغول به, وعلمت أن رزقي لن يأخذه غيري فأطمأنت بذلك نفسي, ورأيت أن الموت يأتي بغتة فقلت أبادره, ورأيت الناس ينظرون إلى ظاهري والله ينظر إلى باطني فرأيت أن مراقبته أولى وأحرى) މާނައަކީ: "އަހަރެން ކުރަން ޖެހޭ ޢަމަލުތައް ކޮށްދޭނޭ އެހެން މީހަކު ނުވާކަން އަހަނައް އެނގެއެވެ. އެހެންކަމުން އެޢަމަލުތައް ކުރުމުގައި އަހަރެން މަޝްޣޫލުވަމެވެ. އަދި އަހަރެންގެ ރިޒްގު ދަމައިގަނެވޭނެ އެހެން މީހަކު ނުވާކަން އަހަންނަށް އެނގެއެވެ. އެހެންވެ، އެކަމާ ވަރަށް ހިތްހަމަ ޖެހެއެވެ. އަހަރެންގެ ގާތަށް މަރު އަންނާނީ ކުއްލި އަކަށް ކަން އަހަންނަށް އެނގެއެވެ، އެހެންކަމުން އެކަމަށް ތައްޔާރުވަމެވެ. މީސްތަކުން ބަލަނީ އަހަރެންގެ ބޭރުފުށަށެވެ. ނަމަވެސް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވަނީ އަހަރެންގެ އެތެރެފުށަށް ކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފްސު މުރާގަބާ ކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެމެވެ".
އީމާން ކަން ވަރުގަދަ ކުރުމުގެ ގޮތުން ފަރްޟު ނަމާދު ތަކަށް ފަހުގައި ސުންނަތް ނަމާދު ކުރުމަށް ވެސް ޢާދަ ކުރުވަން ޖެހެއެވެ. ހަމަ އެއާއި އެކު މަރުމަތިން ހަނދާންކޮށް، އާޚިރަތް ދުވަހުގެ ކަންތައް ހިތްމައްޗަށް ގެންނަން ޖެހެއެވެ. ތިމާގެ އެކު އުޅޭ އެކުވެރިންނަކީ ޞާލިޙް ތަގްވާވެރި މީހުން ކަމުގައި ހަމަޖައްސަން ޖެހެއެވެ. ގުރްއާން ކިޔެވުމާއި ސަލަފުންގެ ސީރަތު ދިރާސާކޮށް އެއިން ޢިބްރަތް ޙާޞިލް ކުރަން ޖެހެއެވެ. ހެނދުނާއި ހަވީރުގެ ދުޢާ ތަކާއި ނިދަން އޮށޯންނަ އިރު ކިޔާ ދުޢާ ތަކާއި، ގެއިން ނިކުންނަކުންނާއި ވަންނަމުން ކިޔާ ދުޢާ ތަކާއި، ސަވާރީ އަށް އަރާ އިރު ކިޔާ ދުޢާގެ މަތިން ހަނދާންކޮށް އެދުޢާ ތައް ކިޔަން މަސައްކަތް ކުރަން ޖެހެއެވެ. މީގެ އިތުރުން ތިމާގެ އީމާންކަން ވަރުގަދަ ކޮށް ދެއްވުން އެދި ގިނަގިނައިން ﷲ ގެ ހަޟްރަތުގައި ދުޢާ ކުރަން ޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި) މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ހިތްތައް ބަދަލު ކުރައްވާ އިލާހެވެ. މިއަޅާގެ ހިތް އިބަ ﷲ ގެ ދީނުގެ މަތީގައި ޘާބިތުކޮށްދެއްވާފާންދޭވެ". والله أعلم
ފުރިހަމަ
ފުރިހަމަ