ސުވާލު:ފަގުޑި ނުވަތަ ފޮށާ އެޅުން އެއީ ސުންނަތެއްތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބޮލުގައި ފަގުޑި އެޅުމަކީ މުޖްތަމަޢުގެ ޢާދަކާދަ އާއި ގުޅިފައިވާ ކަމެކެވެ. އެމީހަކު އުޅޭ މުޖްތަމަޢެއްގަ އާދަވެގެން އަޅާ އުޅޭ ހެދުމުގެ ތެރޭގައި ފަގުޑި ހިމެނޭކަމަށްވަނީނަމަ އެޅުން ރަގަޅެވެ. އެއީ ސުންނަތެއް ނޫންކަމަށް ގިނަ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ފަގުޑި ތުރު ކުރައްވާފައިވަނީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ އާދަ އަކަށްވީތީއެވެ. އެހެންކަމުން މުސްލިމުންގެ ކިބައިން އެދެވިގެންވަނީ އެމީހަކު ދިރިއުޅޭ ގައުމެއްގެ މީހުން އާދަވެގެން ލައި އުޅޭ ހެދުމަކީ އިސްލާމްދީން މަނާ ކުރާ ހެދުމަކަށް ނުވަނީނަމަ އެފަދަ ހެދުމެއް ލުމެވެ. ވަކިވެގަތުމުގެ ގޮތުން ނުވަތަ ތަފާތުވުމުގެ ގޮތުން އެހެން ކަހަލަ ހެދުންލައި ނޫޅުމެވެ. والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...