އަރަބިދުނިޔެދުނިޔެ

ޖަޕާނުން 4.4 މިލިއަން ޑޮލަރުގެ އެހީ ފަލަސްޠީނަށް ދިނުމަށް އެއްބަސްވެއްޖެ.

ލިޔުނީ: ހުސެއިން ސާލިމް

ފަލަސްޠީނުގެ ދަންޑުވެރިކަން ކުރި އެރުވުމަށް ޖަޕާނުން 4.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް އެ ޤައުމުން އެއްބެސް ވެއްޖެއެވެ.

ރާމަﷲގައި އިއްޔެ މި އެއްބަސްވުމުގައި، ފަލަސްޠީނުގެ ފަރާތުން ސޮއެ ކުރަށްވާފައިވަނީ، މިނިސްޓަރ އޮފް ޕްލޭނިން އަލީ ޖަރުބާވީއާއި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އިސްމާޢީލް ދުއިކެވެ. ޖަޕާނުގެ ސަރުކާރުގެ ފަރާތުން ސޮއެ ކުރެއްވީ، ޖަޕަނީޒް އިންޓާ ނޭޝަނަލް ކޯޕަރޭޝަން އެޖެންސީން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަ ރިޕްރެޒެންޓޭޓިވް، އިޒުމީ ޓެނަކާއެވެ.

ޖަޕާނުން މިދޭ 4.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންކުރެވިގެން ދާނީ ކުރިޔަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭ އެގްރިކަލްޗަރ މިނިސްޓްރީގެ ލަނޑު ދަނޑިތައް ހާސިލް ކުރުމަށާއި، އެ މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށެވެ.

2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖަޕާނު ސަރުކާރުން ފަލަސްޠީނަށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރުގެ އެހީ ވަނީ އެކި ގޮތް ގޮތުން ފޯރުކޮށްދީފައެވެ. ޖަޕާނުން ވަކިން ޙާއްޞަގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިފައިވާ ދާއިރާތަކަށް ބަލާއިރު، ދަނޑުވެރިކަމާއި، ސިއްހީ ދާއިރާއާއި، ފެނުގެ އިތުރުން، އުފެއްދުން ތެރިކަމަން ކުރި އެރުވުން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *