އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ބަލްގޭރިއާއިން ތާއީދުކޮށްފި.

ލިޔުނީ: ހުސެއިން ސާލިމް

ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރަން ބަަލްގޭރިއާއިންވެސް ތާއިދުކަމަށް ބަލްގޭރިއާގެ ހާރިޖީ ވަޒީރު، ނިކޮޮލަވް މުލަޑެނޮވް ހާމަކޮށްފިއެވެ. މުލަޑެނޮވް މިހެން ހާމަކޮށްފައިވަނީ، އިއްޔެ ބަލްގޭރިއާގައި، ފަލަސްޠީނުން ބަލްގޭރިއާއަށް ކަނޑަ އަޅާފައި ހުންނަވާ ސަފީރާއި ބައްދަލުކޮށް ދެއްކި ވާހަކާގައެވެ.

މުލަޑެނޮވް އާ ދެއްކެވި ވާހަކަ ފުޅުގައި ފަލްސްޠީނުގެ ސަފީރު، އަހްމަދު އަލް މަސްބޫހް ވަނީ ފަލަސްޠީނުގެ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް މުލަޑެނޮވްއަށް ބަޔާންކޮށްދީފައެވެ. އަދި އިޒްރޭލުން ކުރިޔަށް ގެންދާ އާބާދުކުރުމުގެ މަޝްރޫއުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅެމުން އަންނަކަން ވަނީ ފާހަގަ ކޮށްފައެވެ.

ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށްޓަކައި، އ.ދ އަށް އެ މައްސަލަ ވެއްދުމަށް ފަލަސްޠީނުން ކުރަމުން ދާ މަސައްކަތަށް މުލަޑެނޮވް ވަނީ ތައުރީފުކޮށްފައެވެ. އަދި އިޒްރޭލުން ކުރިޔަށް ގެންދާ އާބާދު ކުރުމުގެ މަޝްރޫއު ނުހުއްޓައިފި ނަމަ ދެން އަމަލުކުރެވެން އޮތް ގޮތަކީ އެއީކަމަށް އެބޭފުޅާވެސް ވަނީ ހާމަކޮށްފައެވެ.

ފަލަސްޠީނުގެ މިނިވަންކަމާ ބެހޭ މައްސަލަ މިއަހަރުގެ ފަހުކޮޅު އދ އަށް ވެއްދުމަށްޓަކައި ފަލަސްޠީނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފަލަސްޠީނުން ދަނީ އެޤައުމުގެ މިނިވަންކަން ޤަބޫލުކޮށްދިނުމަށް އެދި އެކި ޤައުމުތަކުގައި އެދެމުންނެވެ. ފަލަސްޠީނުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގިނަ ޤައުމުތަކަކުން މިހާރު ދަނީ ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކުރަމުންނެވެ. ވަކިން ހާއްޞަކޮށް ދެކުނު އެމެރިކާގެ ޤަުމުތައް މިކަމުގައި ފާހަގަކޮށްލެވެއެވެ.


ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *