އަރަބިދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުން ފައިދާއެއްނުކުރާނެ - ލަރިޖާނީ

ލިޔުނީ: އަހްމަދު ޚަލީލް

އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމުގެ ބޭނުމުގައި އެމެރިކާއާ ހުޅަނގުގެ ބައެއްގައުމުތަކުން އީރާނާމެދު އަޅަންއުޅޭ ދަތިކުރުމުގެ ފިޔަވަޅުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމުގައި އީރާނުގެ ރައްޔިތުންގެ މަޖްލިސްގެ ތަރުޖަމާނު ޢަލީ ލަރިޖާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެންވިދާޅުވީ އީރާނުގެ ރަސްމީ ޓީވީއިން އަންގާރަދުވަހު ލައިވްކުރި ނިއުސް ކޮންފަރެންސެއްގައެވެ. އޭނާވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އަހްލީބޭނުންތަކަށް ކުރިއަށްގެންދާ ރައްކާތެރި ޕްރޮގްރާމެކެވެ. އަދި އީރާނުންވަނީ ބައިނަލް އަޤްވާމީ އެޓްމިކް ހަކަތައާބެހޭ އިދާރާ (އައި.އޭ.އީ)ގެ ގަވާޢިދުތައް ގަބޫލުކޮށްފައެވެ. އޭނާއިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެމެރިކާ އުއްމީދު ކުރާފަދަ އިޖާބައެއް އެމެރިކާއަކަށް ނުފެންނާނެއެވެ. އައި އޭ.އީ.އޭއިން އީރާނަށް މިދިޔައަހަރު ހުށަހެޅި ޕްލޭނާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އޭނާވިދާޅުވީ އެއީ މަކަރުވެރި ޕްލޭނެއްކަމުގައެވެ. ލަރިޖާނީ އިތުރަށް ވިދާޅުވިގޮތުގައި ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމުގެ ފުރްޞަތު އަދިވެސް އެބައޮތެވެ.
އެމެރިކާއާ ހުޅަނގުގެ ބައެއް ގައުމުތަކުންގެންދަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސއްކަތްކުރާ ކަމަށްބުނެ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން މިކަން ތަކުރާރުކޮށް ދޮގުކުރެއެވެ.
އީރާނު ނިއުކްލިއަރ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާއާ ހުޅަނގުން އަޑުއުފުލާއިރު ސިޔާސީ ތަޖްރިބާ ކާރުން ގަބޫލުކުރާގޮތުގައި އެމެރިކާގެ ދޮންދަރި އިޒްރޭލުން މިހާރުވެސްގެންދަނީ ސިއްރުވެރި ޕްލޭނެއްގެދަށުން ނިއުކްލިއަރ ހަތިޔާރު ތައްޔާރުކުރަމުންނެވެ. މިފަދަ ފަރާތްތަކުން ގަބޫލުކުރާގޮތުގައި އިޒްރޭލުގައި މިހާރު ނިއުކްލިއަރ ހަތިޔާރު އެބަހުއްޓެވެ. ބައިނަލް އަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާއިން ދާދިފަހުންވަނީ އިޒްރޭލުގައިހުރި ނިއުކްލިއަރ މަރުކަޒުތައް ބަލާފާސްކުރަން ބޭނުންވާކަމަށްބުނެފައެވެ. ނަމަވެސް އިޒްރޭލުންވަނީ ހަރިކަށިކަމާއެކު އެކަމާދެކޮޅުހަދާފައެވެ. ހުޅަނގުގެ ގައުމުގަތާ އެމެރިކާއިން ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ގައުމުގެ މިޢަމަލާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އިޒްރޭލަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކަށް ފައިންއަރަމުންއަންނަ ބޮޑާ ކިބުރުވެރި އަދި އަނިޔާވެރި ޓެރަރިސްޓު ގައުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *