އަރަބިދުނިޔެދުނިޔެ

އިރާޤުގެ އިލެކްޝަން ކައިރިވެފައިވަނިކޮށް އަނެއްކާވެސް ބޮމެއް ގޮއްވާލައިފި

އިރާގުގެ ޕާލަމެންޓަރީ އިލެކްޝަންގެ ވޯޓުލުން ބޭއްވުމަށް އެއްދުވަހަށްވެފައިވަނިކޮށް އިރާގުގެ ނަޖަފްގައި އަނެއްކާވެސް ބޮމެއްގޮއްވާލައިފިއެވެ. މިފަހަރުގެ ބޮން ގޮއްވާލެވިފައިވަނީ އިމާމް ޢަލީގެފާނުގެ ގަބުރުފުޅު ހުރި ހިސާބުގައި ހުރި ޕާކު ކުރާ ސަރަހައްދެއްގައެވެ. ކާރުގައި ހަރުކުރެވިފައިވާ މިބޮން ގޮވުމުގެ ސަބަބުން އެތާނގައި އޮތް ދެބަހެއްވެސްވަނީ ގޮވާފައެވެ.
އަލްޖަޒީރާގެ ޚަބަރުތައް ބުނާ ގޮތުން މިހަމަލާގައި 3 މީހަކުވަނީ މަރުވެފައެވެ. އެހެންނަމަވެސް ސިއްޙީ ފަރާތްތަކުން ވިދާޅުވާގޮތުގައި މިހަމަލާގައި މަރުވެފައިވަނީ އެންމެ މީހެކެވެ. އަދި 8 މީހުން ޒަޚަމްވެފައިވެއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، މިފަދަ ތަފާތު ހަމަލާތަކުގައި 45މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން ބައެއް މީހުންނަކީ ސަލާމަތީ ބާރުތަކުގައި ހިމެނޭ މީހުންނެވެ.
އިރާގުގައި އިލެކްޝަނާއި ގުޅިގެންވަނީ ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކުރެވިފައެވެ. މިގޮތުން ރަމާދީގައ، ހުކުރުދުވަހުގެ ހަވީރުން ފެށިގެން 3 ދުވަސްވަންދެންވަނީ ކާފިއު އިއުލާންކޮށްފައެވެ. މިއިލެކްޝަންގެ ކަންތައް ބައިނަލްއަޤުވާމީ 120 މޮނީޓަރުން ބަލަމުންގެންދާނެއެވެ.
އިރާގުގެ މިއިލެކްޝަން ވެގެންދާނީ ކުރިއަށްއޮތް 4 އަހަރުގައި އެގައުމުގެ ކުރިމަގު ބައްޓަންވެގެންދާނީ ކޮންގޮތަކަށް ކަމާއި މެދު ގޮތެއްކަނޑައެޅިގެންދާނޭ އިލެކްޝަނަކަށެވެ. އިރާޤުން ބޭރުގައި ދިރިއުޅޭ އިރާގު ރައްޔިތުންވަނީ އިލެކްޝަންގެ ދެދުވަސް ކުރިން ވޯޓުލުން ފަށާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *