އަރަބިދުނިޔެދުނިޔެ

މަސްޖިދުލް އަޤްސާއަށް ހުކުރު ނަމާދައް ދިޔަ ފަލަސްތީނުގެ އާންމުންނާއި، އަނިޔާވެރި އިޒްރޭލު ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިގައިފި

ހުކުރު ދުވަހު މަސްޖިދުލް އަޤްސާއަށް ހުކުރު ނަމާދައްދިޔަ މުސްލިމުންނާއި، އިޒުރޭލުގެ އަނިޔާވެރި ޒަޔަނިސްޓް ސިފައިންނާއި ދެމެދު ކުރިމަތި ލުންތަކެއް ހިންގައިފިއެވެ. މި ކުރިމަތި ލުންތައް ހިނގާފައި ވަނީ ހުކުރު ނަމާދުގަޑީގައި އިޒްރޭލު ސިފައިން މަސްޖިދުލް އަޤްސާގެ މިސްކިތުގެ ހަރަމްތެރެއަށް ވަނުމުންނެވެ.
ހުކުރު ނަމާދައްގޮސްތިބި ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންނާއި ދެކޮޅަށް މުޒާހަރާ ކުރުމުން، އިޒްރޭލު ސިފައިން ވަނީ ކަރުނަ ގޭހާއި، ސްޓަން ގްރެނޭޑް އަދި ރަބަރު އުންޑަ ބޭނުންކޮށްގެން ފަލަސްތީނު ރައްޔޮތުންނަށް ހަމަލާދީފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ވަނީ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް އޮއްގަލާއި ހިލައިން ރައްދުދީފައެވެ.
މި ކުރިމަތި ލުންތަކުގައި 30 މީހުން ޒަޚަމްވެފައި ވާކަމަށް ރޮއިޓާސް އިން ބުނެފައި ވެއެވެ. އަލްޖަޒީރާގެ ޚަބަރުތައް ބުނާގޮތުން ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުން ޒަޚަމްވެފައިވަނީ ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުންނެވެ. ނަމަވެސް އިޒްރޭލުގެ ސިފައިން ހާމަކުރާގޮތުގައި އެމީހުން ބާރުގެބޭނުން ކުރީ ވަރަށް 'ކުޑަ' ގޮތަކަށެވެ.
އިއްޔަގެ ހުކުރު ޚުތުބާގައި ޚަތީބު ވާހަކަ ދެއްކަވާފައިވަނީ އިޒްރޭލުން އަނިޔާވެރި ގޮތުގައި ހިފާފައިވާ މުސްލިމުންގެ ބިންތަކާއި ބެހޭ ގޮތުންނާއި، އެތަންތަން ހިމާޔަތްކުރުމާއި ބެހޭ ގޮތުންނެވެ.
މިހަމަނުޖެހުން ހިނގާފައިވާ އަނެއް ސަބަބެއް ކަމުގައި ބެލެވެނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ،ހިފާފައިވާ ވެސްޓް ބޭންކުގައި ހުރި ދެތަނެއް ޔަހޫދީންގެ އާޘާރީ ތަނެއްކަމުގައި ހެދުމަށް ނިންމުމުން އެކަމާއި ގުޅިގެންނެވެ.
އިޒްރޭލަކީ ބޭއިންސާފުން މުސްލިމުންގެ ބިންތައް ފޭރި، އެބިންތަކަށް ގަދަބާރުން ވަޒަންވެރިވެގެން އުޅޭ ބައެކެވެ. އަދި މިހާރުވެސް އެމީހުންދަނީ ފަލަސްތީނުގެ ކުށެއްނެތް މީހުން އެމީހުންގެ ގެދޮރުން ބޭރުކޮށް، ޔަހޫދީން ވަޒަންވެރިވާނޭ ތަންތަން ހަދަމުންނެވެ. ދާދި ފަހަކުންވެސް ޤުދުސްގެ ސަރަހައްދަކުން އަރަބި އާއިލާތައް ނެރެ، އެތާނގައި ބަގީޗާ ހެދުމަށް އިޒްރޭލުން ކަނޑައެޅާފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *