އަރަބިދުނިޔެ

އިޒްރޭލުން ގުދުސްގައި އިތުރު ގެތަކެއް އިމާރާތްކުރަނީ

ލިޔުނީ: އަލީ އަހްސަން އިހްސާން

އިޒްރޭލުން ގުދުސްގައި އިތުރު ގެތަކެއް އިމާރާތްކުރުމަށް ނިންމާ ބިޑަށް ހުޅުވާލައިފިއެވެ.

ދުނިޔޭގެ ދެކޮޅުހެދުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އިޒްރޭލުން އަލުން މިފެށި ބޯހިޔާވަހިކަމުގެ މަޝްރޫގައި އިތުރު 692 ގެ ގުދުސްގައި ބިނާކުރުމަށް ނިންމާފައިވާކަމަށް އިޒްރޭލުން ދުނިޔޭގެ މީޑިއާތަކަށް ވަނީ ހަބަރުދީފައެވެ.

މުސްލިމުންގެ މާތްވެގެންވާ މިސްކިތްކަމުގައިވާ އަލްޤުދުސް ހުންނަ އަވަށަކީ ފަލަސްތީނާއި އިޒްރޭލުގެވެސް ވެރިރަށްކަމަށް ހަދަންބޭނުންވާ ރަށެވެ. އިޒްރޭލުން ބޭނުންވަނީ ޤުދުސްގައި މިހާރު ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކުން ފައްސާލާ އެތަނުގައި އިޒްރޭލުން އާބާދުވާށެވެ. އަދި ކުރަމުންދާ އުންމީދަކީ ޤުދުސް މިސްކިތް ތަޅާލާ އެތަނުގައި ފައްޅިއެއް އަޅާ ޤުދުސްއަކީ އިޒްރޭލުގެ މައި ސަހަރަށް ހެދުމަށެވެ.

ފަލަސްތީނުން މިހާރު ބޭނުންވަނީ ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި އިޒުރޭލުގެ ދެފުށް ދެގޮތްކަން ހާމަވެ ދުނިޔޭގެ ގޮވުންތަކަށް ފަރުވާލެއް އިޒްރޭލުން ނުބަހައްޓާނެކަން ހާމަކޮށްދީ ދުނިޔޭގެ ބާރުތަކަށް ސުވާލު ކުރިމަތިކުރުވުމެވެ.

'އިޒްރޭލުގެ ގެތައް އިމާރާތްކުރުން އަޅުގަނޑުމެން ކުށްވެރިކުރަން، އަޅުގަނޑުމެން އުންމީދަކީ އިޒްރޭލުގެ މިއަމަލުގެ ސަބަބުން އެމެރިކާ އާއި ދުނިޔޭގެ ބާރުތަކަށް ހޭވެރިކަންވެ އިޒްރޭލުގެ އަމަލުތަކާއިމެދު ލޯހުޅުވިގެންދާނެކަމަށް، އަދި އެމެރިކާއަށް އިހްސާސް ކުރެވެންޖެހޭ އިޒްރޭލުގެ ޕޮލިސީއަކީ އިތުރު ގެތަށް ފަލަސްތީނުގައި އިމާރާތްކުރުންކަން އެއްވެސް ހާލެއްގައި ސުލްހަ ޤާއިމުކުރަން ބޭނުންނުވާކަން،' ފަލަސްތީނުގެ އިސްވެރިއަކު ވިދާޅުވެފައިވެއެވެ. ފަލަސްތީނުގެ ބަހުރުވަ މިހެން ހުރިކަމުގައިވިޔަސް އިޒްރޭލުންދަނީ ޤަވާއިދާ ޚިލާފަށް ފަލަސްތީނުގެ ބިންތަކުން ޤައުމުގެ ވަޒަންވެރިން ނެރެ އެތަންތަނުގައި ވަޒަންވެރިވަމުންނެވެ. އެގޮތުން 'މިސައިލްތަކާއި ބޮމުގެ ވާރޭ' ފަލަސްތީނުގެ ކުށެއްނެތް އާންމުންގެ ބޮލަށް އޮއްސަމުންދެއެވެ. ނަތީޖާއަކަށްވެގެން ދަނީ ރެފިއުޖީންގެ ގޮތުގައި ޤައްޒާ ދޫކޮށް ހިޖުރަކުރުމެވެ. އިޒްރޭލުގެ ބޭނުމަކީވެސް އެއީއެވެ. އިޒްރޭލުގެ ހަމަލާތަކަށް ކެތްނުވެގެން ފަލަސްތީނީން ޤައުމު ދޫކޮށް ދިއުމެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި މެދު އިޒްރޭލުން ފަށައިގެންއުޅޭ ހަމަލާތަކާއި އިޒްރޭލުން ފަލަސްތީނުގައި އިތުރު ގެތަކެއް އިމާރާތްކުރުމާއި ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ދަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ބަހުންނާއި ބަޔާނުގެ ސިފައިގައި ކުށްވެރިކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *