ދުނިޔެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށް، އަލްހަމްދުﷲ

ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށް، އަލްހަމްދުﷲ

ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށް، އަލްހަމްދުﷲ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށްގެނެސް، ނަމާދުގެ ޖަމާއަތުގައި ގައިދުރުކޮށް ނަމާދު ކުރުން ނިމުމަކަށް ގެނެސްފި އެވެ.

ކޮވިޑް 19އާއި ގުޅިގެން މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އެތައް ދުވަހަކު ބަންދުކޮށްފައި އޮތުމަށް ފަހު އާންމުންނަށް ހުޅުވާލިފަހުން ނަމާދުގެ ޖަމާއަތް ހެދުމަށް އިމާމު އިރުޝާދު ދެމުން އައީ ދުރު ދުރުގައި ތިބެގެން ނަމާދު ކުރުމަށެވެ. އަދި އެގޮތަށް އިންތިޒާމް ކުރުމަށް ސަފުތަކުގައިވަނީ ސްޓިކާވެސް ތަތްކޮށްފަ އެވެ.

ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ހެދުމަށް އިމާމް އިރުޝާދު ދެއްވާފައިވަނީ ކައިރި ކައިރީ ސަފުހެދުމަށެވެ. ގައިދުރުކޮން ނަމާދު ކުރަމުން ސަފުތަކުގައި ތަތްކޮށްފައިވާ ސްޓިކާތައްވަނީ ނައްޓާލާފަ އެވެ.

އާންމު ހާލަތަށް ގެނެސް ހުޅުވާލިނަމަވެސް ހަރަމްފުޅާއި މަސްޖިދުލް ނަބަވީ ބޭނުންކުރާ ފަރާތްތަކުން ކޮވިޑް-19 ގެ ޤަވައިދުތަކާއި އެކު ހަރަމްފުޅުގެ ތެރޭގައި އުޅުމަށް ވަނީ ޤަވައިދުތަކެއް ހެދިފައެވެ.

އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ 12 އަހަރުން މަތީގެ މީހުންނަށް މިސްކިތަށާއި ހަރަމްފުޅަށް ވަނުމުގެ ހުއްދަވަނީ ދީފައެވެ. އަދި މާސްކް އެޅުމަށް އަބަދުވެސް ހަނދާންކުރުމަށް އަންގާފައިވެއެވެ.

ނަމަވެސް އުމްރާވުމަށް ހުއްދައަށް އެދެންޖެހޭކަމަށް ޤަވައިދުގައި ބުނެފައިވެއެވެ.

މީގެ ކުރިން ކައުބާ ވަށައިގެން ބަހައްޓާފައިހުރި ބެރިއަރތައްވެސް ވަނީ ނަގާ ކައުބާއާއި ކައިރިވެވޭނެހެން ހުޅުވާލާފަ އެވެ.

މީގެ ކުރިން ސައޫދީގެ މިނިސްޓްރީ އޮފް ހަޖް އެންޑް އުމްރާއިން އުމްރާވުމަށް މައްކާގެ ހަރަމްފުޅަށާއި މަސްޖިދުލް ނަބަވީ ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ މަހަކު 3 މިލިއަން މީހުންނަށެވެ. އަދި މިސްކިތަށް ނަމާދުކުރުމަށް ހުއްދަ ދީފައިވަނީ ދުވާލަކު 60،000 މީހުންނަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.