ދީން ގައިދުރުކޮށް ޖަމާޢަތް ހެދިނަމަވެސް ނަމާދުގައި ބައިވެރިވާން ވާނެ: ޝައިހް ޝަފީއު

ގައިދުރުކޮށް ޖަމާޢަތް ހެދިނަމަވެސް ނަމާދުގައި ބައިވެރިވާން ވާނެ: ޝައިހް ޝަފީއު

ގައިދުރުކޮށް ޖަމާޢަތް ހެދިނަމަވެސް ނަމާދުގައި ބައިވެރިވާން ވާނެ: ޝައިހް ޝަފީއު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހެދިނަމަވެސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާން ވާނެ ކަމަށް އައްޝައިހް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިސްކިތްތަކުގައި ޖަމާޢަތް ހަދާއިރު ގައިދުރުކޮށް ތިބެ ޖަމާޢަތް ހަދަން އިސްލާމިކް މިނިސްޓްރީން އިއްޔެ އެންގުމުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގައިދުރުކޮށް ޖަމާޢަތް ހަދާތީ ރަނގަޅު ގޮތަކީ ޖަމާޢަތުގައި ބައިވެރިވުންތޯ ނުވަތަ ނޫންތޯ ސާފުކުރަން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިހް ޝަފީއު ވިދާޅުވީ ރަނގަޅު ގޮތަކީ ޖަމާޢަތުގައި ބައިވެރިވުން ކަމަށާއި ގައިދުރުކޮށް ނަމާދުގެ ސަފު ހެދުން އެއީ ޖަމާޢަތް ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޖަމާޢަތުގައި ގައިދުރުކޮށް ތިބެ ނަމާދު ކުރުން އެއީ ބިދުއައެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް ސުވާލު ކުރި މީހާ ދެންނެވުމުން ޝައިހް ޝަފީއު ވިދާޅުވީ އެއީ ބިދުއައެއް ނޫން ކަމަށެވެ. "މިއީ އިޖުތިހާދީ މައްސަލައެއް. މިފަދަ ހާލަތުގައި އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ބޮޑެތި އިލްމުވެރިން އެވަނީ ފަތުވާ ދެއްވާފައި. ދެހަރަމްފުޅުގައި ވެސް އެކުރަނީ ގައިދުރުކޮށް. އެހެންވީމާ މިކަހަލަ އިޖުތިހާދީ ކަންކަމުގައި ބިދުއައެކޭ ބުނުމަކީ ގޯސް ބުނުމެއް." ޝައިހް ޝަފީއު ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ސަފު ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގީ އިއްޔެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.