ޙަމާސް އާއި ފަތަޙް އިން 6 މަސް ތެރޭ އިންތިޚާބު ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ.
ތުރުކީގެ އިސްތަންބޫލުގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައި ބޭއްވުނު ޕްރެސް ރިލީޒެއްގައިވާ ގޮތުން، ފަލަސްޠިނުގެ އެއްމެ ބޮޑު ދެ ފެކްޝަނު ކަމުގައިވާ ޙަމާސާއި ފަތަޙް ޖަމާޢަތުން މިހާރުވަނީ އެމަންޒިލަކަށް ދަތުރުކުރާ ތަޞައްވުރަކާއި ހަމައަށް ވާސިލުވެވިފައެވެ. މިގޮތުން މިއެއްބަސްވުމުގައިވާ ފަދައިން އިންތިޚާބު ބޭއްވިއްޖެނަމަ، އެއިންތިޚާބު ވެގެންދާނީ ވޭތުވެދިޔަ 15 އަހަރުތެރޭ ކުރިއަށް ގެންދެވޭ ފުރަތަމަ އިންތިޚާބަށެވެ.
"އަޅުގަނޑުމެންގެ ތަޞައްވުރު މިހާރުވަނީ ފުޅާވެ، ފުރިހަމަވެފައިކަމަށް އަޅުގަނޑުމެން އެއްބަސްވީން. އަދި އަޅުގަނޑުމެން ޤަޞްދުކުރަނީ ހުރިހާ ފަރާތްތަކެއް ބައިވެރިވާ ފަދަ ގޮތަކަށް، ރައީސް މަޙްމޫދު ޢައްބާސްގެ ދަށުން، ޤައުމީ ފެންވަރުގެ ވާހަކަތަކެއް މިއޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް." މިޕްރެސް ރިލީޒުގައި ފާހަގަ ކުރައްވާފައިވެއެވެ.
ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ގެ އިސްވެރިޔާ މަޙްމޫދު ޢައްބާސާއި، އާއި ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލު ހަނިއްޔާ އާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖްލިހާއި، ރައީސުން ހޮވުމުގެ ޕޮލް ތަކެއް ޝެޑިއުލް ކުރެވޭނެއެވެ. މިގޮތުން ވަފާ ނޫސް އޭޖެންސީއިން ފަތަޙް ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޖިބްރީލް ރަޖޫބާއި ހަވާލާ ދެއްވާ ވިދާޅުވާ ގޮތުގައި (އިރާދަކުރެއްވިއްޔާ) ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 3 މަރްހަލާއަކަށް ބަހާލެވިގެން އިންތިޚާބުތައް ކުރިއަށް ގެންދެވޭނެއެވެ.
ޚިޔާލު