އަރަބިދުނިޔެދުނިޔެ

އިސްރާއީލު ސިފައިން ފަލަސްޠީނުގެ މުސްކުޅިއެއްގެ ކަރަށް އެރުމުން މިޞްރުގެ އަޒްހަރުން އެކަން ކުށްވެރިކޮށްފި

Israel Sifain Falastheenuge Muskulhiegge Karah Erumun Azharun Ekan Kuhverikoffi

އިސްރާއީލު ސިފައިން ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ މުސްކުޅިއެއްގެ ކަރަށް އެރުމުން އަޒްހަރުން އެކަން ކުށްވެރިކޮށްފިއެވެ.

މިސެޕްޓެމްބަރު މަހު އަލްއަޒްހަރުއްޝަރީފުގެ ރަސްމީ މީސްމީޑިޔާ ޞަފްޙާތަކުގައި ޢާއްމު ކުރެވިފައިވާ މިބަޔާން ނެރުއްވާފައިވަނީ ފަލަސްޠީނުގެ މުވާޠިނެއްކަމުގައިވާ ޢުމުރުން 65 އަހަރުގެ ޚައިރީ ހަނޫނުގެ ކަރުގައި އިސްރާއީލުގެ ސިފައިންގެ މީހަކު ކަކޫޖަހާ އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރާ މަންޒަރު، އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ޢާއްމު ކުރުމާއި ވިދިގެންނެވެ.

"އަލްއަޒްހަރުން، ޞަހްޔޫނީ ބާރުތަކުން ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ ފަރާތަށް ދީފައިވާ ޙަމަލާ ކުށްވެރި ކުރަމުއެވެ. އަދި އަޒްހަރުން ތިބީ ފުރިހަމައަށް އޭނާގެ (އަނިޔާލިބިފައިވާ ފަރާތުގެ) ފަހަތުގައިކަން ބަޔާން ކުރަމުއެވެ.

އަލްއަޒްހަރުން، މިއަންގާރަ ދުވަހު، އިސްތިޢުމާރު ކުރެވިފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޠޫލްކަރަމްގެ ޖައްބާރާއާއި ޝޫފްރާގެ ދެރަށުގައި، ބާރުވެރިކަމާއިއެކު ވަޒަންވެރިވުމާއި އިދިކޮޅަށް ހިނަގައިދިޔަ އަޑުއުފުލުން ތަކުގައި ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ މުސްކުޅިއަކަށް، ޞަހްޔޫނީންގެ ބާރުތަކުން ދީފައިވާ ވަޙުޝީ ޙަމަލާ ހަރުކަށިކަމާއިއެކު ކުށްވެރިކުރަމުއެވެ.

އަދި އިންސާނީ ޙައްޤެއް، އިންސާނީ ކަރާމާތެއްގެ އަގު ނުދަންނަ، އަނިޔާވެރިކަމުގައި ޙައްދުފަހަނަ އަޅާފައިވާ އިސްތިޢުމާރާއި އިދިކޮޅަށް، އޭނާގެ ޤައުމުގެ (ފަލަސްޠީނުގެ) ދިދަ ހިފަހައްޓައިގެން، އޭނާގެ ޤައުމުގެ (ފަލަސްޠީނުގެ) ޙިމާޔަތުގައި ނިކުތް ބަޠަލާއި އެކުގައި އަލްއަޒްހަރުއް ޝަރީފުވާ ކަން ޘާބިތުކޮށްދެމެވެ. އަދި އެބައިމީހުންގެ އަބުރާއި ލޭ ހުއްދަކޮށްގަނެ، އެބައިމީހުންގެ ވަސީލަތްތަކަށް އަތް ބާނާ، އެބައިމީހުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެވި، އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއިމެދު، ޞަހްޔޫނީންގެ އިސްތިޢުމާރީ ބާރުތަކުން ޢަމަލު ކުރަމުންދާ ގޮތާއިމެދު އަލްއަޒްހަރުއް ޝަރީފުން ނުރުހޭކަން އިތުރަށް ޔަޤީންކޮށްދެމެވެ.

އަދި ތަކުރާރުވަމުންވާ މިޙަމަލާތައް މަނާ ކުރުމަށާއި، އެކަންކަން ކުށްވެރިކުރުމަށް ގޮވާލަމުއެވެ. އަދި އަލްއަޒްހަރުއް ޝަރީފުންވަނީ ފަލަސްޠީނުގެ ދަރިންނާއި، އެބައިމީހުން، އިދިކޮޅު ބާރުތަކާއި ކުރިމަތިލުމަށް ކުރާ މަސައްކަތާއި އެކުގައިކަން އަދިވެސް އެއްފަހަރު ޔަޤީންކޮށްދެމުއެވެ."

އިސްރާއީލުގެ މިއަނިޔާވެރި ޢަމަލާއި ވިދިގެން ދެއްވި އިންޓަވިޔު އެއްގައި ޚައިރީ ހަނޫނު ވިދާޅުވެފައިވެއެވެ. "އިސްތިޢުމާރީން އަހަރެންގެ މުސްކުޅި ޢުމުރަކަށް ނުބަލާ، އޭނާގެ ގައިގައި ހުރި ބާރެއް ލާ، އަހަރެންގެ ކަރު މައްޗަށް ފައިން އެރުވީ. އިސްރާއީލު ސިފައިން އަހަރެންގެ ގައިގައި ބާރަށް ޖެހީ، އެއަށްފަހު އެއިން އެކަކު އަހަރެންގެ ކަރުގައި ކަކޫ ޖަހާ މިނެޓުތަކެއް ވަންދެން ހުރި. ކަރަށް އިތުރު ޕްރެޝާރއެއް ނުކުރުމަށްޓަކައި އަހަރެން އޮތީ މަޑުން، އެހެނަސް އަހަރެންގެ ވަށައިގެން ތިބި މީހުން އަހަރެން ނެރުނީ."

މިމުޒާހަރާތައް ހިނގާފައިވަނީ ފަލަސްޠީނަށް ނިސްބަތްވާ 800 ދޫނަމުގެ (0.8 ކިލޯމީޓަރުގެ) ބިމެއް އަތުލައިގަނެ، އެތަނުގައި އިންޑަސްޓްރިއަލް ޕާކެއް އެޅުމަށް ރޭވުމާއި ގުޅިގެންނެވެ. މިބިން ހުންނަ ސަރަޙައްދުގެ ސަބަބުން، މިބިން އަތުލެވިއްޖެނެމަ، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށްފުށުގެ އުތުރު ސަރަޙައްދުގައިވާ އެތައް ރަށްތަކަކަށް އޭގެ ނޭދެވޭ އަޘަރު ކުރާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *