ދުނިޔެ މަދީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ 85 ޕަސެންޓް ރަނގަޅުވެއްޖެ!

މަދީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ 85 ޕަސެންޓް ރަނގަޅުވެއްޖެ!

މަދީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ 85 ޕަސެންޓް ރަނގަޅުވެއްޖެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަދީނާ އިން ކޮވިޑް-19 ޖެހުނު މީހުންގެ 85 ޕަސެންޓް ރަނގަޅުވެއްޖެކަމަށް ސައުދީއިން އާންމުކުރާ ހިސާބުތަކުން ދައްކައިފިއެވެ.

ސައުދީ ގަޑިން ކޮންމެ ދުވަހަކު 3:30 ގައި އާންމު ކުރާ ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މަދީނާ ޕްރޮވިންސްގައި މިއަދާއި ހަމައަށް އެކްޓިވް 2108 ކޭސް ހިމެނެއެވެ.

ކޮވިޑް19 ޖެހިފައިވާ މީހުންގެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި މަދީނާ ޕްރޮވިންސްގެ ރަށެއް ކަމުގައިވާ "އަލް އައިސް" އާއި "އަލް ހިމްނާ" ގައި 22 ޖޫން ގައި އެއްވެސް މީހަކަށް ކޮވިޑް19 ޖެހިފައި ނެތެވެ. އެހެނަސް ޖެހިގެން އައި ދުވަހު ވަނީ އެ ދެރަށުންވެސް 1 ކޭސް ފެނިފައެވެ. އަދި ހަމަ އެދުވަހު މަދީނާ ޕްރޮވިންސްގެ އަވަށެއްކަމުގައިވާ "ބަދުރު" އިން ވަނީ ފުރަތަމަ ކޭސް ފެނިފައެވެ،

ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާއިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މަދީނާ އިން 1787 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ރަނގަޅުވެފައިވަނީ 11213 މީހުންނެވެ. އަދި 87 މީހެއް ކޮވިޑް19 ގައި ނިޔާވެފައިވެއެވެ. މަދީނާގައި އެކަނި މިވަގުތު ކޮވިޑް19 ޖެހި ފަރުވާ ދެމުންދާ 1787 މީހުން އެބަތިއްބެވެ.

ކޮވިޑް19 އެކްޓިވް ކޭސް:

  • ސައުދީ ޢަރަބިއްޔާގެ ޖުމްލާ: 52632
  • މަދީނާ ޕްރޮވިންސް: 2108
  • މަދީނާ: 1787

 

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.