އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ ސަފީރު މިޞްރުން ފޮނުވި ޞިއްޙީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފި

Falastheenuge Safeeru Misrun Fonuhvi Sihhee Ehytherikamah Shukuru Adhaakuravvaifi

ފަލަސްޠީނުގެ ސަފީރު މިޞްރުން ފޮނުވި ޞިއްޙީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފަލަސްޠިނުގެ ސަފީރު މިޞްރަށް ޝުކުރު އަދާ ކުރައްވާފައި މިވަނީ މިޞްރުގެ ފަރާތުން ފަލަސްޠިނަށް އެތައް ޓަނުގެ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީފައި ވަނިކޮށެވެ. މީގެ ތެރޭގައި 24 ޓަނުގެ ޑިސްއިންފެކްޓަންޓާއި، 3500 ރައްކާތެރިކަމުގެ ފޭރާމާއި (ހޭޒްމެޓް ސޫޓާއި)، 150000 މާސްކު ހިމެނެއެވެ.

މިޞްރުގައިވާ ފަލަސްޠީނުގެ ސަފީރު ދިޔާބު އައްލައުޙު މިޞްރުގެ ރައީސަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވި ގޮތުގައި، ފަލަސްޠިނުގެ "ދޮށީ ބޭބެ" މިޞްރުން މިދެއްވާފައިވާ އެހީއިން ދޭހަވަނީ ދެފަރާތުގެ ގުޅުމުގެ ވަރުގަދަކަމަށް ކަމަށެވެ. ދިއާބު އިތުރަށް ވަހަކަފުޅު ދައްކަވަމުން ވިދާޅުވާ ގޮތުގައި ފަލަސްޠިނަށް ކުރިމަތުވެފައިވާ ދަތި އުނދަގޫ ޙާލަތްތަކުގައި މިޞްރުން ފަލަސްޠީނާއި އެކުވުމަކީ އާކަމެއްނޫނެވެ.

ފަލަސްޠީނުގް ޚާރިޖީ ވަޒީރު ރިޔާޟު މާލިކީވެސް ވަނީ މިކަމާއި ގުޅިގެން މިޞްރަށް ޝުކުރު އަދާ ކުރައްވާފައެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު މިޞްރުގެ ޚާރިޖީ ވަޒިރު ސާމިޙް ޝުކުރީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް 19 ގެ ތެރޭގައި މިޞްރުން ފަލަސްޠީނަށްވަނީ ވަރަށް ގިނަގުނަ ޞިއްޙީ އެހީތަކެއްވެފައެވެ. އަދި މިއެހީތަކުން މިދެ ޤައުމުގައި ދެމެދުގައި ޒަމާނުއްސުރެން އޮންނަ އުޚުއްވަތްތެރިކަން ފާޅުވާކަމަށާއި، މިޞްރާއި ފަލަސްޠީނުގެ ދެމެދުގައިވާ އެއްބައިވަންތަ ގުޅުން ދެމިގެންދާނެކަން ޔަޤިންކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޯވިޑް19 އާއި ވިދިގެން މިހާތަނަށް މިޞްރުންވަނީ ފަލަސްޠިނުގެ އިތުރުން، ސޫދާނާއި، ދެކުނު ސޫދާނާއި، ޗައިނާއާއި، އެމެރިކާއާއި އިޓަލީއަށްވެސް އެހީތެރިކަން ފޯރުކޮށްދިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *